ދުނިޔެ

ގަތަރަށް އެހީ ވެދޭން ތައްޔާރު: ޕޫޓިން

ގަތަރުގައި ފީފާ ވޯލް ކަޕް 2022 ބާއްވަން ތައްޔާރު ވަމުން އަންނައިރު އެދިއްޖެ ކޮންމެ ކަމެއްގައި އެހީތެރި ވެދޭނެ ކަމަށް ރަޝިއާގެ ރައީސް ލަޑިމިއާ ޕޫޓިން ވިދާޅުވެއްޖެ އެވެ. ޕޫޓިން މިހެން ވިދާޅުވީ ސެން ޕީޓާސްބާގްގައި އޮތް އިންޓަނޭޝަނަލް އިކޮނިމިކް ފޯރަމްގެ އަރިމަތިން ނޫސް އޭޖެންސީތަކަށް މައުލޫމާތު ދެއްވަމުންނެވެ.

"ގަތަރުގެ އަމީރު ޝެއިހު ތަމީމް ބިން ހަމަދު އައްސާނީއާ އަޅުގަނޑު މަޝްވަރާ ކޮށްފިން. ވޯލްޑް ކަޕަށް ތައްޔާރު ވަމުން އަންނައިރު ހުރި ދަތި އުނދަގޫ ކަންތައްތަކާ ބެހޭ ތޮން" ޕޫޓިން ވިދާޅުވި އެވެ.

ގަތަރު ނިއުސް އޭޖެންސީގެ ޖެނެރަލް ޑައިރެކްޓަރު ޔޫސުފް އިބްރާހީމް އަބްދުއްރަހްމާން އަލްމާލިކީއަށް ޖަވާބު ދެއްވަމުން ޕޫޓިން ވިދާޅުވީ ސަރަހައްދީ މަސްލަހަތާ ހެދި ވެސް މަސައްކަތްތަކަށް ހުއްޓުން އަރާ ކަމަށް އަމީރު ވިދާޅުވި ކަމަށާއި ކޮވިޑާ ހެދި ވެސް މަސައްކަތްތަކަށް ހުރަސް އެޅިފައިވާ ކަމަށް ވިދާޅުވި ކަމަށެވެ.

ޕޫޓިން ވިދާޅުވީ ވޯލްޑް ކަމަޕަށް ތައްޔާރު ވާން ކުރަން ހުރި މަސައްކަތްތަކުގެ އިތުރުން ގަތަރާއި ރަޝިއާ ގުޅިގެން ދުނިޔެއަށް އާ ތަރައްގީ ގެނައުމާ މެދު ވެސް މަޝަވަރާ ކުރެވުނު ކަމަށެވެ. އަދި ވިދާޅުވި ގަތަރަކީ ޓެކްނޮލޮޖީ ހަބެއް ކަމަށާއި ދެ ގައުމަށް އެކުގައި ހަރުދަނާ މަސައްކަތްތަކެއް ކުރެވިދާނެ ކަމަށް އަމީރަށް ދެންނެވިން ކަމަށެވެ.