ރައީސް މުހައްމަދު ނަޝީދު

ފޮރެންސިކުން ދައްކަނީ ނަޝީދު ގެއަށް ބަދަލުކުރި ލިޔުން ސައްހަ ކަމަށް: ހިސާން

Nov 12, 2015
7
މިރޭ އެމްޑީޕީން ބޭއްވި ޖަލްސާގައި ހިސާން ވާހަކަފުޅު ދައްކަވަނީ --
0%
0%
0%

ޓެރަރިޒަމްގެ ކުށުގައި 13 އަހަރުގެ ޖަށްލާފައި ހުންނެވި ކުރީގެ ރައީސް މުހައްމަދު ނަޝީދު ގޭ ބަންދަށް ބަދަލު ކުރި ކަމަށް ބުނާ ލިޔުމަކީ ސައްހަ ލިޔުމެއް ނޫން ކަމަށާއި އެފަދަ ލިޔުމެއް ނުދޭ ކަމަށް ކަރެކްޝަނުން ބުނި ނަމަވެސް އޭރު ދިން ލިޔުމަކީ ސައްހަ ލިޔުމެއް ކަމަށް ފޮރެންސިކް ރިޕޯޓުން ދައްކައިވާ ކަމަށް އެ މަނިކުފާނުގެ ގާނޫނީ ވަކީލުން ބުނެފި އެވެ.

ރައީސް ނަޝީދުގެ ވަކީލުންގެ ޓީމްގެ ބައެއް ވަކީލުން

އާޓިފިޝަލް ބީޗްގައި މިރޭ އެމްޑީޕީން ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އެ ޓީމުގެ އެއް މެންބަރު ހިސާން ހަސަން ވިދާޅުވީ ރައީސް ނަޝީދު ގެއަށް ބަދަލު ކުރި ކަން ބަޔާންކޮށް ކަރެކްޝަނުން ދިން ލިޔުމުގެ ފޮރެންސެކް ތަހުލީލުތައް ރާއްޖެއިން ބޭރުން ކުރިއިރު ރިޕޯޓުން ދައްކާފައި ވަނީ އެއީ ސައްހަ ލިޔުމެއްގެ ގޮތުގައި ކަމަށާއި އެ ލިޔުން މިހާރު ފުލުހުންނާ ހަވާލުކޮށްފައިވާ ކަމަށެވެ.

"ރައީސް ނަޝީދުގެ ފަރާތްޕުޅުން އެދެނީ އެ މައްސަލަ ފުލުހުން ތަހުގީގު ކުރައްވައި ފިޔަވަޅު އަޅަން ޖެހޭ މީހުންނާ މެދު ފިޔަވަޅު އަޅަން،" އޭނާ ވިދާޅުވި އެވެ.

ހިޝާން ވިދާޅުވީ އެ ލިޔުމާ ގުޅިގެން ކުރިން ވެސް ދެއްކި ވާހަކަ އަކީ ސައްހަ ވާހަކަ ކަމަށާއި ނަޝީދު އަނބުރާ ޖަލަށް ބަދަލު ނުކުރުމަށާއި އެއީ ގާނޫނާ ހިލާފު ނިންމުމެއް ކަމަށެވެ. އަދި ކުރިން ވެސް ދަންވަމުން ދިޔައީ އެހެން ކަމަށެވެ.

7 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910