ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19

ދެ ޖަލެއްގައި ތިބި ކުށްވެރިންގެ ޝަރީއަތްތައް ހުއްޓިފައި

Jun 6, 2021
1

ކޮވިޑް-19 އާއި ގުޅިގެން މާލެ ޖަލާއި ހިންމަފުށީގައި ހުންނަ އައްސޭރި ޖަލުގައި ބަންދު ކޮށްފައި ތިބި ކުށްވެރިންގެ ޝަރީއަތުގެ އަޑުއެހުންތައް ހުއްޓިފައިވާ ކަމަށް ކަރެކްޝަނަލް ސާވިސަސް އިން ބުނެފި އެވެ.

ކޮވިޑް-19 އާއި ގުޅިގެން ހުރިހާ ކޯޓެއްގެ ޝަރީއަތުގެ އަޑު އެހުންތައް މިހާރު ކުރިއަށް ގެންދަނީ އޮންލައިންކޮށެވެ. ނަމަވެސް މި ދެ ޖަލުގައި ކޭސްތައް ގިނަވެ އަދި ކަރަންޓީނު ވެފައިވާ ގައިދީންގެ އަދަދު ގިނަ ކަމުން ޝަރީއަތްތައް މިވަގުތަށް ވަނީ މަޑުޖައްސާލާފަ އެވެ.

އަވަސް އަށް މައުލޫމާތު ދެއްވަމުން ކަރެކްޝަންގެ މީޑިއާ އޮފިސަރު އައިމިނަތު ޔުސްރީން ވިދާޅުވީ އޮންލައިންކޮށް ޝަރީއަތްތައް ކުރިއަށް ގެންދިޔަ ނަމަވެސް އަޑުއެހުންތައް ކުރިއަށް ގެންދާނީ ގައިދީން ވަކި ތަނަކަށް ގެންގޮސް ކަމަށެވެ. އެހެންކަމުން އެކަކު އަނެކަކާ މަސްހުނިވެ ބަލި ފެތުރުނަ ނުދީ ކޮންޓްރޯލް ކުރެވޭނީ ހުރިހާ މޫވްމަންޓެއް ހުއްޓާލައިގެން ކަމަށް ވެސް ވިދާޅުވި އެވެ.

މާލެ ޖަލުގައި މިވަގުތު 27 ގައިދީއަކަށް ތިބީ ބަލި ޖެހިފަ އެވެ. އަދި 117 މީހަކު ތިބީ ކަރަންޓީނު ކުރެވިފަ އެވެ. އައްސޭރި ޖަލުގައި ކޮވިޑަށް ޕޮޒިޓިވްވެފައިވާ 118 ގައިދީއަކު އެބަ ތިއްބެވެ.

މީގެ އިތުރުން ހުޅުމާލެ ޖަލުގައި ވެސް ދެ މީހަކު ވަނީ ބައްޔަށް ޕޮޒިޓިވްވެފަ އެވެ. ޖަލުތަކުގައި ކޮވިޑްގެ ޖުމްލަ 147 ކޭސް އެބަ އުޅެ އެވެ. އޭގެތެރެއިން ހައިރިސްކް 17 ގައިދީއަކު ވަނީ ގެއަށް ބަދަލު ކޮށްފަ އެވެ.