ލައިފްސްޓައިލް

ފިޝް ކެބާބް

Nov 13, 2015
1

ބޭނުންވާނެ ތަކެތި

1 ކިލޯރޯމަސް ( ކިއުބްސް ގޮތަށް ކޮށާފައިހުރި)
1 ލުނބޯ
2 މޭޒުމަތީ ސަމުސާ މުގުރި ހިކި މިރުސް
1 މޭޒުމަތީ ސަމުސާ އިނގުރު ލޮނުމެދު (ގާނާފައިހރި)
1 ސައިސަމުސާ މުގުރި ކޮތަނބިރި
1 ސައިސަމުސާ މުގުރި ދިރި
1 ސައިސމުސާ މިގުރި ދަވިއްގަނދަ
3 / 1 ޖޯޑު ބޯކިރު
ލޮނުކޮޅެއް

ތައްޔާރު ކުރާނީ ކިހިނެއް؟

ފުރަތަމަ ބޯކިރާއި ހަވާދުގެ ހުރިހާ ބަވަތްތައް އެއްކޮށް މިކްސްކޮށްފައި މަހުގައި ހާކާފައި ތިން ގަޑިއިރުވަންދެން ފްރިޖްގައި ބަހައްޓާށެވެ. ދެން އުލަކަށް އަމުނާލާފައި ފިހެލާށެވެ. ނުވަތަ ތަވާ އުނދުން މައްޗަށް އުދާލާފައި ތެޔޮ ހާކާފައި މަސް ތަވާގައި އަތުރާލާފައި މަސް ދެފުށް ދެފުށަށް ޖަހަމުން ފިހެލާށެވެ.
ޓޮމާޓޯ ސޯސްއާއި ބޮއިލްޑް ވެޖްޓަބްލް އާއިއެކު ސާވް ކުރާށެވެ.