ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް ވެކްސިން

39 ޕަސެންޓް މީހުން ވެކްސިން ފުރިހަމަ ކޮށްފި

ކޮވިޑް ވެކްސިނޭޝަން ޕްރޮގްރާމް ރާއްޖޭގައި ކުރިއަށްދާއިރު މިހާތަނަށް 172،263 މީހަކު ދެވަނަ ޑޯޒް ޖަހާ ވެކްސިން ފުރިހަމަ ކޮށްފައިވާ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ. މިއީ ވެކްސިން ޖެހޭ އާބާދީގެ 39.17 ޕަސެންޓް މީހުންނެވެ.

ކޮވިޑް ވެކްސިންގެ ދެވަނަ ޑޯޒް ޖަހަން ދޭން ފަށާފައިވާއިރު އެޗްޕީއޭ އިން ބުނީ އިއްޔެ 960 މީހަކު ދެވަނަ ޑޯޒް ޖަހާފައިވާ ކަމަށެވެ. އެއީ އަތޮޅުތަކުން ވެކްސިން ދިން 671 މީހަކާއި މާލެ ސަރަހައްދުން ވެކްސިން ދިން 289 މީހެކެވެ.

މިހާރުވެސް ކޮވިޑް ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހުން ކުރިއަށް ގެންދެއެވެ. އިއްޔެ ވަނީ 415 މީހަކަށް ފުރަތަމަ ޑޯޒް ދީފައިވެއެވެ. މިހާތަނަށް ރާއްޖެއިން 311،740 މީހަކަށް ވެކްސިން ދީފައިވެެއެވެ. އެއީ ވެކްސިން ޖެހޭ އާބާދީގެ 70 ޕަސެންޓެވެ.

ސެންޓްރަލް ސްޓޮކްގައި މިވަގުތު ހުރީ ކޮވިޝީލްޑް ވެކްސިންގެ 130 ޑޯޒެވެ. އަދި ސީނޯފާމްގެ 66371 ޑޯޒް އެބަހުއްޓެވެ. މީގެ އިތުރުން ފައިޒާ ވެކްސިންގެ 1314 ޑޯޒްވެސް އެބަހުއްޓެވެ.