ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19

ގަރުނެއްވެފައިވާ އަހުމަދު މަނިކަށް ކޮވިޑްގެ އާލާސްކަންފުޅުގައި ފަރުވާ ދެނީ

Jun 7, 2021
އަހުމަދު ހުސައިން މަނިިކު، ފިޔާތޮށި އަހުމަދު މަނިކު: އުމުރުފުޅުން 102 އަހަރު ވަނީ ފުރިފައިވޭ
0%
0%
0%

ސަރުކާރަށް ދިގު މުއްދަތެއް ވަންދެން ހިދުމަތް ކުރައްވާފައިވާ އަހުމަދު ހުސައިން މަނިިކަށް -- ފިޔާތޮށި އަހުމަދު މަނިކު -- ކޮވިޑްގެ އާލާސްކަންފުޅު ޖެހި، ހާލުކޮޅު ސީރިއަސްވެ އައިސީޔޫގައި ފަރުވާ ދޭން ފަށައިފި އެވެ.

ފިޔާތޮށި އަހުމަދު މަނިކުގެ އުމުރުފުޅުން މިހާރު ވަނީ 102 އަހަރު ވެފައެވެ. އޭނާގެ އާއިލާގެ ބޭފުޅަކު ވިދާޅުވީ ކޮވިޑް-19 އަށް ޕޮޒިޓިވްވެ، އަހުމަދު މަނިކަށް ދިވެހިންގެ މައި ހޮސްޕިޓަލް ދަރުމަވަންތާގައި ފަރުވާ ދެމުން ގެންދާ ކަަމަށެވެ. އަދި މިވަގުތު އަހުމަދު މަނިކުގެ ހާލުކޮޅު ދެރަވެފައިވާތީ އޮންނެވީ ވެސް އައިސީޔޫގައި ކަމަށް ވިދާޅުވި އެވެ.

އަހުމަދު މަނިކަކީ ކުރީގެ ރައީސް މައުމޫންގެ އާއިލީ ބޭފުޅެކެވެ.

ދިވެހިންގެ ތެރެއިން 100 އަހަރަށްވުރެ ގިނަ ދުވަސްވެފައިވާ ކަމަށް ސާބިތުވާ މިހާރު ދުނިޔޭގައި ތިއްބެވި މަދު ދިވެހިންގެ ތެރެއިން އެއް ބޭފުޅަކީ އަހުމަދު މަނިކެވެ. އަހުމަދު މަނިކު ވަނީ ރައްޔިތުންގެ މަޖިލީހުގެ މެންބަރު ކަމާއި ބައެއް އަތޮޅުގެ އަތޮޅުވެރިކަން ކުރައްވާފަ އެވެ. އަދި ބައެއް އިދާރާތަކުގެ ވެރިކަން ވެސް ކުރައްވާފައި ވެއެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910