ކޮވިޑް-19 އާއި ގުޅިގެން މާލެ ސަރަހައްދުގައި އަޅާފައިވާ ފިޔަވަޅުތަކާ ގުޅިގެން ޓެކްސް ފައިސާ ދައްކަން ޖެހޭ ސުންގަޑި އަނެއްކާ ވެސް ފަސް ކޮށްދީފި އެވެ.
މީރާ އިން މީގެ ކުރިން ވެސް ޓެކްސް ދައްކަން ޖެހޭ ސުންގަޑި ވަނީ ފަސްކޮށްދީފަ އެވެ. އޭރު މީރާއިން ބުނި ގޮތުގައި ޓެކްސް ދައްކަންޖެހޭ ސުންގަޑި އަކީ އަންނަ ބުރާސްފަތި ދުވަހެވެ. ނަމަވެސް މިހާރު ސުންގަނޑީގެ ގޮތުގައި ކަނޑައަޅާފައި ވަނީ މި އަހަރުގެ އޮގަސްޓް މަހުގެ 31 ވަނަ ދުވަހެވެ.
މީގެ އިތުރުން މި އަހަރަށް ހުށަހަޅަން ޖެހޭ ފުރަތަމަ އިންޓެރިމް ބަޔާން ހުށަހެޅުމާއި އިންޓެރިމް ފައިސާ ދެއްކުމުގެ ސުންގަޑި ވެސް މީރާ އިން ވަނީ ފަސްކޮށްދީފަ އެވެ. އެގޮތުން އެ ފައިސާ ދެއްކޭނެ ސުންގަޑި އަކީ މި އަހަރުގެ ސެޕްޓެމްބަރު މަހުގެ 30 ވަނަ ދުވަހެވެ.