ފިނޭންސް މިނިސްޓްރީ

ޓެކުހުން މިދިޔަ އަހަރާ އެއްވަރުގެ އާމްދަނީއެއް

Feb 19, 2022
ރާއްޖޭގެ އެންމެ ގިނަ ގެސްޓްހައުސް ހުންނަ އެއް ރަށް ކަމަށްވާ ކ. މާފުށި ބަނދަރު މަތީގައި ޓޫރިސްޓުން ތަކެއް -- ފޮޓޯ: އަވަސް
100%
0%
0%

މިދިޔަ އަހަރު ޓެކުހުން ލިބުނު އާމްދަނީއާ އެއްވަރުގެ އަދަދެއް މި އަހަރު ވެސް އާމްދަނީ އަށް ލިބިއްޖެ އެވެ.

ފިނޭންސް މިނިސްޓްރީން އާއްމުކުރި ދައުލަތުގެ ހަރަދާއި އާމްދަނީގެ ތަފާސް ހިސާބުތަކުގައިވާ ގޮތުން މިމަހުގެ 10 ވަނަ ދުވަހާ ހަމައަށް ޓެކުހުގެ ގޮތުގައި 2.1 ބިލިއަން ރުފިޔާ ލިބުނުއިރު މިދިޔަ އަހަރުގެ މި މުއްދަތާ ހަަމައަށް ބަލާނަމަވެސް ލިބިފައިވަނީ މިވަރުގެ އަދަދެކެވެ.

މި އަހަރުގެ މިހާތަނަށް ޓެކުހުން ލިބުނު އާމްދަނީ މަތިވިއިރު އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ ޖީއެސްޓީގެ ގޮތުގަ އެވެ. ޖީއެސްޓީ އަށް މިހާތަނަށް 1.1 ބިލިއަން ރުފިޔާ ލިބިފައިވެ އެވެ. ނަމަވެސް ޖީއެސްޓީގެ ގޮތުގައި މިދިޔަ އަހަރުގެ މި މުއްދަތާ ހަމަ އަށް ބަލާނަމަ ލިބިފައިވަނީ 845 މިލިއަން ރުފިޔާ އެވެ. ޖީއެސްޓީގެ ތެރެއިން އާއްމު ޖީއެސްޓީން މިހާތަނަށް ޖުމްލަ 322.5 މިލިއަން ރުފިޔާ ލިބުނުއިރު ޓޫރިޒަމް ޖީއެސްޓީ އިން 805.6 މިލިއަން ރުފިޔާ ލިބިފައިވެ އެވެ.

ފިނޭންސްގެ ހިސާބުތައް ދައްކާ ގޮތުން މި އަހަރުގެ މިހާތަނަށް ޖުމްލަ އާމްދަނީގެ ގޮތުގައި 2.5 ބިލިއަން ރުފިޔާ ލިބިފައިވެ އެވެ. ނަމަވެސް މިދިޔަ އަހަރު ލިބިފައިވަނީ 2.4 ބިލިއަން ރުފިޔާ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345