މާލޭ ސިޓީ ކައުންސިލް

ދަތުރުދާ ރަށެއްގެ ގޮތުގައި ފަރުކޮޅުފުށި ހަމަޖައްސައިފި

Jun 7, 2021

މާލެ ސަރަހައްދުގެ ރައްޔިތުން ދަތުރުދާ ރަށެއްގެ ގޮތުގައި ކ. ފަރުކޮޅުފުށި ހަމަޖެއްސުމަށް މާލެ ސިޓީ ކައުންސިލުން ފާސްކޮށްފި އެވެ.

ސިޓީ ކައުންސިލުން މި ނިންމުން ނިންމީ މިއަދު ބޭއްވި އެ ކައުންސިލްގެ ބައްދަލްވުމުގައެވެ.

ކައުންސިލްގެ މަސައްކަތްތަކާއި ނިންމުންތައް ހާމަކުރުމަށް މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލްވުމުގައި މާލެ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ މާލެ ސަރަހައްދުގެ ރައްޔިތުން ދަތުރުދާ ރަށެއްގެ ގޮތުގައި ފަރުކޮޅުފުށި ހަމަޖެއްސުމަށް ސިޓީ ކައުންސިލުން ނިންމާފައިވާ ކަމަށެވެ.

ކޮވިޑަށް ޕޮޒިޓިވް މީހުންނަށް ހާއްސަ ފެސިލިޓީއެއް ހަދާފައިވާ އެ ރަށަކީ ސިޓީކައުންސިލްގެ އިހުތިސާސުގެ ތެރޭގައި ހިމެނޭ ރަށެއް ކަމަށްވެސް މުއިއްޒު ވިދާޅުވިއެވެ.

މާލެ ކައިރީ ދަތުރު ދާ ރަށެއްގެ ގޮތުގައި އެނބޫދޫ ފަޅުގައި ހިއްކި ރަށެއް ހަމަޖައްސަައި އެ ރަށް 2020 ވަނަ އަހަރު ކުރީކޮޅު ހުޅުވާލާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އޭޕްރީލް 2، 2019 ގައި ވަނީ ވިދާޅުވެފައެވެ. މިއީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ފުއްދަވާނެ ކަމަށް ވިދާޅުވެ ވެވަޑައިގެންނެވި ވައުދެކެވެ. ނަމަވެސް އެ މަސައްކަތް ނިމި ރަށް ހުޅުވޭ ގޮތް ވަނީ ނުވެފައެވެ.