ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19 އިގެ މަރުތައް

ކޮވިޑް މަރުގެ ނަންބަރު 188 އަށް

ކޮވިޑް-19 ބަލީގައި އިތުރު މީހަކު މަރުވެއްޖެ އެވެ.

އެޗްޕީއޭއިން ބުނީ މިރޭ 8:40 ގައި މަރުވެފައިވަނީ 75 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ. އެއީ މެޑިކަލް ފެސިލިޓީގައި ފަރުވާ ހޯދަމުން އައި މީހެކެވެ.

މިރޭގެ މަރާއެކު ރާއްޖެއިން ކޮވިޑްގައި މަރުވި މީހުންގެ އަދަދު ވަނީ 188 އަށް އަރާފައެވެ. މިއީ މިއަދުގެ ތިންވަނަ މަރެވެ. ކޮވިޑް ޖެހެގެން މިއަދު ފުރަތަމަ މަރުވީ 86 އަހަރުގެ ފިރިހެނެކެވެ. އެ މީހާ މަރުވެފައި ވަނީ ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ފަރުވާ ހޯދަމުން ދަނިކޮށް ރޭ 12:19 ހާއިރު ކަމަށެވެ.

މިއަދު ދެން މަރުވެފައި ވަނީ 100 އަހަރުގެ ދިވެހި ފިރިހެނެކެވެ. އެމީހާ މަރުވެފައި ވަނީ ދަރުމަވަންތަ ހޮސްޕިޓަލުގައި ފަރުވާ ހޯދަމުން ދިޔަ މީހެކެވެ. އެމީހާ މަރުވެފައި ވަނީ މިއަދު 9:33 ހާއިރު އެވެ.