މާލޭ ސިޓީ ކައުންސިލް

އަމީރު އަހުމަދު ބިން 35 އަހަރަށް އެޑިއުކޭޝަނަށް

Jun 8, 2021

މަދަރުސަތުލް އަމީރު އަހުމަދު ހިންގި އިމާރާތް ހުރި ބިން އެޑިއުކޭޝަން މިނިސްޓްރީއަށް 35 އަހަރަށް ދިނުމަށް މާލެ ސިޓީ ކައުންސިލުން ނިންމައިފި އެވެ.

ކައުންސިލްގެ މަސައްކަތްތަކާއި ނިންމުންތައް ހާމަކުރުމަށް މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލްވުމުގައި މާލެ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ ތައުލީމު ފޯރުކޮށްދޭ މަރުކަޒެއް ހިންގައި ބަލަހައްޓަން މަދަރުސަތުލް އަމީރު އަހުމަދު ހިންގި އިމާރާތް ހުރި ބިން އެޑިއުކޭޝަން މިނިސްޓްރީއަށް 35 އަހަރަށް ދިނުމަށް ސިޓީ ކައުންސިލްގެ ހުރިހާ މެންބަރުންގެ އަގުލަބިއްޔަތުން ނިންމާފައިވާ ކަމަށެވެ.

މުއިއްޒު ވިދާޅުވީ އެ ނިންމުން ނިންމީ އެއީ ރައްޔިތުންނާއި ވަރަށް ބޮޑަށް ގުޅުން އޮތް އަދި ސަރުކާރުން ވަރަށް ބޮޑަށް އެދިފައިވާ ކަމަކަށްވުމުން ކަމަށެވެ. އަދި މި މައްސަލައަކީ ނުނިމި ކައުންސިލްގައި ދެމިލައިގެން ގޮސްފައި އޮއް މައްސަލައެއް ކަމަށެވެ.

ސިޓީ ކައުންސިލްގެ އިއްުޔެ ބައްދަލްވުމުގައި ގިނަ ކަަންތައްތަކެއް ވަނީ ނިންމާފައެވެ.