ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19

ކޮވިޑް-19 ގެ ސިއްހީ ހޭދަ 1.7 ބިލިއަނުން މައްޗަށް

Jun 9, 2021
2

ކޮވިޑް-19 ކޮންޓްރޯލް ކުރަން އަޅަމުންދާ ފިޔަވަޅުތަކާ ގުޅިގެން ކުރަމުން ގެންދާ "ސިއްހީ ހޭދަ" 1.7 ބިލިއަން ރުފިޔާއަށްވުރެ މަތިވެއްޖެ އެވެ.

ކޮވިޑް ބަލި ރާއްޖޭން ފެނުނު ދުވަހުން ފެށިގެން ކުރަމުން ގެންދާ ހަރަދު ހާމަ ކުރަން ފިނޭންސުން އާއްމު ކުރާ "ކޮވިޑް 19 ސްޕެންޑިން" ރިޕޯޓްގައިވާ ގޮތުން މި މަހުގެ ތިންވަނަ ދުވަހުގެ ނިޔަލަށް މި ބަލި ކޮންޓްރޯލް ކުރަން ސިއްހީ ހޭދައިގެ ގޮތުގައި 1,715.3 ބިލިއަން ރުފިޔާ ހޭދަކޮށްފައި ވެއެވެ.

ސިއްހީ ހޭދައިގެ ތެރެއިން އެންމެ ބޮޑު ހަރަދެއް ކޮށްފައިވަނީ ޑިޒާސްޓާ މެނޭޖުމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އަށެވެ. އެމްޑީއެމްއޭ އަށް 867.9 މިލިއަން ރުފިޔާ މިހާތަނަށް ހޭދަ ކޮށްފައިވެ އެވެ. ދެވަނައަށް އެންމެ ބޮޑު ހޭދައެއް ކޮށްފައިވަނީ ހެލްތު މިނިސްޓްރީ އަށެވެ. އެ މިނިސްޓްރީއަށް 500.7 މިލިއަން ރުފިޔާ ހޭދަ ކޮށްފައިވެ އެވެ. މީގެ އިތުރުން އަައިޖީއެމްއެޗަށް 145.4 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފަ އެވެ.

މި ބަޔަކަށް ކުރި ހޭދައިގެ ތެރެއިން ތަކެތި ހޯދަން 500.3 މިލިއަން ރުފިޔާ މިހާތަނަށް ހަރަދު ކޮށްފައިވެ އެވެ. އަދި މުސާރައަށް 298.4 މިލިއަން ރުފިޔާ އަދި ކެޕިޓަލް ކިޔުއައިމަންޓަށް 201.6 މިލިއަން ރުފިޔާ ހޭދަ ކޮށްފައިވާއިރު، އޮޕަރޭޝަނަލް ސާވިސަސް އަށް 195.8 މިލިއަން ހޭދަކޮށްފައިވެ އެވެ.

ސިއްހީ ހޭދައިގެ އިތުރުން ކޮވިޑް-19 އާ ގުޅިގެން އިކޮނޮމީއަށް ލިބެމުންދާ ގެއްލުން ފޫބައްދައި ދޭން މިހާތަނަށް 1,718.2 ބިލިއަން ރުފިޔާ ވަނީ ހޭދަ ކޮށްފަ އެވެ.