މި ވައްތަރު ޖެއްސީމަ "ސެކްސީހެން" އަންހެން ކުއްޖާ އަށް ހީވެދާނެ އެވެ. އެކަމަކު މިއީ އެއްވެސް ފިރިހެނަކު އެމީހުންގެ ލޯބިވެރިން ތިބެން ނުވަތަ ޖައްސަން ބޭނުންވާ ވައްތަރެއްހެނެއް ހީއެއްނުވެއެވެ. މިއިން އެއްވެސް ކަމަކީ ހަމަޖެހޭ ފިރިހެނަކަށް ކަމުދާނެ ކަންކަމެއް ނޫނެވެ.
ބުމަބޭލުން
ނުވަތަ އުފުރައި ހުސްކޮށްލަނީ އެވެ. ބައެއް މީހުން މި ވާހަކައެއް ގަބޫލެއް ނުކޮށްފާނެ އެވެ. އެކަމަކު މިއީ ރީތިވުމަށް ނުވަތަ އިތުރަށް "ސެކްސީ" ވުމުގެ ދަހިވެތިކަމުގައި މި ޒަމާނުގެ ބައެއް އަންހެން ކުދިން ކޮށް އުޅޭ ކަމެކެވެ. ބުމަބޭލުމަށް ފަހު ނުވަތަ އުފުރައި ހުސްކޮށްލުމަށް އަމިއްލަ އަށް ބުމަ ކުރަހަނީ އެވެ.
ވަރަށް ވެސް ތާޚިރުވާނެ ކަމަށް ހީކޮށެވެ. އެކަމަކު ހަގީގަތަކީ މިއާ ދިމާ އިދިކޮޅެވެ. އެހެން ނޫނަސް ބުމައެއް ނެތް ލޯބިވެރިޔަކު ގޮވައިގެން ދާން ކެރޭނީ ކާކަށް ހެއްޔެވެ؟
ޑަކް ފޭސް ސެލްފީ
މި ދެން އަނެއް ހަ ކަންތަކާ ލައިގަތީ އެވެ. ތުންގަނޑު ދަމާލައިގެން ސެލްފީއެއް ނުނެގެނީސް ބައެއް އަންހެން ކުދިންނަށް އެއްކަމެއްވެސް ނުވެއެވެ.
އަޅެ މިއީ ދޮގެއް ހެއްޔެވެ! ދެ ތުންފަތް ދަމައި ފުރޮޅައިގެން ހުންނަ ހުރުން "ސެކްސީ" ވާ ގޮތަކީ ކޮބައި ހެއްޔެވެ؟
ޕްރިންސެސް މި ވެނި އެވެނި މީހާ!
ތިޔަ އެއްކޮށްލައިގެން އުޅޭ ފޭސްބުކް ފުރެންޑުންގެ ވަނަވަރު ހާވައި މިހާރު ވެސް ބަލާށެވެ. ކޮންމެވެސް ޕްރިންސެސްތަކެއް އުޅޭނެ އެވެ. ޕްރިންސެސް އެވެނި މިވެނިއެއް ނެތި ނުދާނެ އެވެ. ޕްރިންސެސް ޒުހާކޯއަކާއި ޕްރިންސެސް ޑިލީޝިއަސް އަކާއި ބަޓަފުލައިއަކާއި އަނެއް ފުލެއް ވެސް އުޅޭނެ އެވެ.
ޕްރިންސެސްވެގެން މި އަންހެން ކުދިން މި އުޅެނީ ކީއްކުރަން ހެއްޔެވެ؟ ކީއްވެގެން ހެއްޔެވެ؟ ފިރިހެނުންނަކަށް ހަމަ އެއްގޮތަކަށް ވެސް ނޭނގެ އެވެ.
ފޭކް އައިލޭޝް
ކީއްވެގެން ހެއްޔެވެ؟ ސިފައާ މެދު ތިބާ ނުރުހެނީ ހެއްޔެވެ؟ ފޭކު އައިލޭޝް އާއި އިއްޗިއަކަށް ވުރެ ބޯ މަސްކަރާ އަޅައިގެން މާފޮޅުވަންދިޔައިމަ ތިޔަ ދެ ލޮލަށް ބަލާނީ ކިހިނަކުން ހެއްޔެވެ؟ ތިޔަ ދެ ލޯ ހޯދާނީ ކިހިނަކުން ހެއްޔެވެ؟
މިއީ މިކަން ތަޖުރިބާ ކުރެވިފައިވާ ބައެއް ފިރިހެންކުދިންގެ ވާހަކަ އެވެ.
އާދަޔާހިލާފަށް ތުއިވުން!
ނުވަތަ ދެން މާ ބޭބީ ކުއްޖަކަށް ވެގެން އުޅުމެވެ. ތުއިދެއްކުމެވެ. މޮޔަކަންތައް ކުރުމެވެ. މިއީ ބައެއް އަންހެން ކުދިން ގަބޫލުކުރާ ގޮތުން ފިރިހެނުންގެ ކުރިމަތީގައި އެމީހުން "ސެކްސީ ބިޓަކަށް" ބަދަލުކޮށްލާ ކަމެކެވެ.
އެހެން ހީވާ ނަމަ އެއީ ނިކަން ބޮޑު ކުށް ހީއެކެވެ.
ވަރަށް ކާމިޔާބު ވާހަކަ ދެއްކުން!
ކާމިޔާބު މީހާ ހުންނާނީ މަޑުންނެވެ. އެހެން މީހުންގެ ސަމާލުކަން ނުލިބިގެން، ސަމާލުކަން ހޯދަން ބޭކާރު އަނގައެއް ނުތަޅާނެ އެވެ. އަދި ވަކިން ހާއްސަކޮށް ތިމަންނަ މިވެނި އެވެނި ފިރިހެން ކުއްޖަކާ ވާހަކަ ދެއްކީމޭ އެ އޮތް ދާ ކުދިން ތި މަންނަ ވަރަށް ރީތިވެގެން އުޅެއެކޭ ނުކިޔާނެ އެވެ.
ފޮނިބޮއެ ހުސްކޮށްފައިވާ މަލައަކަށް ޖައްސަން ބޭނުންވާނީ ކޮން ފިރިހެނެއް ހެއްޔެވެ؟
މިއީ އަލަތު ޑޭޓަކަށް ތައްޔާރުވަމުން އަންނަ ޕްރިންސެސް އަންހެން ކުދިންނަށް ނިކަން ބޭނުންތެރި ޓިޕްސްތަކަކަށް ވާނޭކަން ޔަގީނެވެ.