ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19 އިގެ މަރުތައް

ކޮވިޑްގައި މީހަކު މަރުވެއްޖެ

ކޮވިޑް-19 ބަލީގައި އިތުރު މީހަކު މިއަދު ރާއްޖެއިން މަރު ވެއްޖެ އެވެ.

ކޮވިޑް ޖެހިގެން މިއަދު ރާއްޖެއިން މަރުވެފައި ވަނީ އުމުރުން 77 އަހަރުގެ ދިވެހި ފިރިހިނެކެވެ. އެ މީހާ މަރުވެފައި ވަނީ މިއަދު 9:50 އެހާކަންހާއިރު ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ފަރުވާ ހޯދަމުން ދަނިކޮށެވެ.

މިއަދު ދެވަނަ މީހަކު ވެސް ވަނީ ބަލިޖެހެގެން މަރުވެފަ އެވެ. 94 އަހަރުގެ މީހަކު މަރުވެފައި ވަނީ މިއަދު 10:31 ހާއިރު އެވެ. އެއީ ވެސް ހުޅުމާލެ ފެސިލިޓީގައި ފަރުވާ ހޯދަމުން ދިޔަ މީހެކެވެ.

މިއަދުގެ މި ދެ މަރާއެކު ރާއްޖެއިން ކޮވިޑްގައި މަރުވި މީހުންގެ އަދަދު ވަނީ 191 އަށް އަރާފަ އެވެ.