އަހުމަދު މަހްލޫފު

މަހުލޫފު މަސްއޫލިއްޔަތުން އެކަހެރިކޮށްފި

މިނިސްޓަރު އަހުމަދު މަހްލޫފު: ދެވަނަ ފަހަރަށް މަސްއޫލިއްޔަތުން އެކަހެރިކުރި -- ފޮޓޯ: އަވަސް
62.5%
25%
12.5%

ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފު މަސްއޫލިއްޔަތުތަކުން އެކަހެރިކޮށްފި އެވެ.

މިނިސްޓަރު މަހުލޫފް، މަގާމުގެ މަސްއޫލިއްޔަތުތަކުން އެކަހެރިކޮށްފައިވަނީ އެމްއެމްޕީއާރްސީގެ ހިޔާނާތާ ގުޅިގެން މަހްލޫފްގެ މައްޗަށް ދައުވާ ކޮށްދިނުމަށް އެދި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ޕްރޮސެކިއުޓާ ޖެނަރަލްގެ އޮފީހަށް މިއަދު މައްސަލަ ފޮނުވުމާއި ގުޅިގެންނެވެ.

ރައީސް އޮފީހުގެ ތަރުޖަމާން މުހައްމަދު މަބުރޫކު އަޒީޒު ވިދާޅުވީ މިނިސްޓަރު މަހުލޫފުގެ މައްޗަށް ދައުވާ ކޮށް ދިނުމަށް އެދި އޭސީސީން ޕީޖީ އޮފީހަށް ފޮނުވާފައިވާތީ މި މައްސަލާގައި ޕީޖީން ވަކި ގޮތެއް ނިންމަންދެން މަހުލޫފް މަސްއޫލިއްޔަތުތަކުން އެކަހެރި ކޮށްފައިވާ ކަން އަންގާފައިވާނެ ކަމަށެވެ.

އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ލިސްޓުގައި ހިމެނޭ ދައުލަތުގެ އިސް މަގާމުތަކުގައި ތިއްބެވި ބޭފުޅުންގެ މައްސަލަތައް ކޯޓަށް ފޮނުވާ ހިސާބުން އެ ބޭފުޅުން މަގާމުން ވަކިކުރައްވަން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވަނީ ނިންމަވާފަ އެވެ.

އެމްއެމްޕީއާރްސީގެ ހިޔާނާތާ ގުޅިގެން މީގެ ކުރިންވެސް މަހުލޫފުގެ މައްސަލައެއް ބަލަން ފެށުމުން މަގާމުގެ މަސްއޫލިއްޔަތުތަކުން އެކަހެރިކޮށްފައި ދުވަސް ތަކަކު ބެހެއްޓި އެވެ.

މިނިސްޓަރު މަހްލޫފްގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި މިއަދު މައްސަލަ ފޮނުވާފައި މިވަނީ އެމްއެމްޕީއާރްސީގެ ހިޔާނާތުގެ މައްސަލައިގެ ތެރޭގައި ހިންގާފައިވާ ކޮރަޕްޝަނާއި، ޚިޔާނާތާއި، މަނީ ލޯންޑްރިންގެ މައްސަލަތައް ބެލުމަށް ފުލުހުންނާއި، އެސެޓް ރިކަވަރީ ކޮމިޝަނާއި އަދި އެންޓި-ކޮރަޕްޝަން ކޮމިޝަނުން ކުރިއަށް ގެންދިޔަ ޖޮއިންޓް އިންވެސްޓިގޭޝަންގެ ތަހުގީގުގެ ތެރޭގައި، ކުށްކޮށްގެން ހޯދާފައިވާ ފައިސާ މަހްލޫފަށް ލިބިފައިވާ ކަމަށް ފާހަގަކުރެވިފައިވާތީ އެމައްސަލަ ތަހުގީގު ކުރުމަށްފަހު އެވެ.

އޭސީސީން މިއަދު ނެރުނު ބަޔާނެއްގައި ވަނީ މަހްލޫފްގެ މައްސަލާގައި ތަހުގީގަށް ފާހަގަކުރެވުނު ކަންކަން ހާމަކޮށްފަ އެވެ. އެގޮތުން ބުނެފައިވަނީ މަހްލޫފް މަޖިލީހުގެ މެންބަރަކަށް ހުންނެވިއިރު މަޖިލީހުގައި އޭރު ފާސްކުރި ސްޕެޝަލް އިކޮނޮމިކް ޒޯން (އެސްއީޒެޑް)ގެ ބިލަށް ވޯޓު ދިނުމާއި ޕީޕީއެމްގައި ދެމި ހުރުމުގެ މުގާބިލުގައި 33،000 ޔޫއެސް ޑޮލަރު މަހްލޫފަށް ލިބިފައިވާ ކަން އެނގޭ ކަމަށެވެ.

ބިލް ފާސްކުރަން ވޯޓު ދެއްވުމަށްޓަކައި އޮގަސްޓް 27، 2014ގައި މަހްލޫފް މަޖިލީހުގެ ޖަލްސާ އަށް ހާޒިރުވީ މެލޭޝިޔާގައި ހުންނެވުމަށް ސީދާ ވޯޓަށް ކަމަށްވެސް ބަޔާނުގައިވެ އެވެ. އަދި ބިލް ފާސްކުރަން މަހްލޫފް ވޯޓު ދީފައިވާ ކަން ވެސް ފާހަގަކޮށްފައިވެ އެވެ.

"އެ ވޯޓަށް ފަހު އަހްމަދު އަދީބު އަބްދުލްޣަފޫރު (ހ.ސާމަރާ / މާލެ) އާއި އަހްމަދު މަހްލޫފް އާއި ދެމެދު ބަދަލުކޮށްފައިވާ މެސެޖުތަކާއި އެސްއޯއެފްގެ ޗެކް އަހްމަދު މަހްލޫފުގެ އެކައުންޓަށް ޖަމާކޮށްފައިވާ ތާރީހުތަކާއި ގުޅުވުމުން، އަހްމަދު މަހްލޫފްގެ އެކައުންޓަށް ޖަމާކޮށްފައިވާ އިސްވެ ދެންނެވުނު ފައިސާއަކީ، އަހްމަދު އަދީބު، އަހްމަދު މަހްލޫފަށް ދީފައިވާ ރިޝްވަތުގެ ފައިސާކަން ތަހުގީގުން އެނގެ އެވެ." ބަޔާނުގައިވެ އެވެ. 

އޭސީސީ ބުނީ މަހްލޫފްގެ އެކައުންޓަށް ޖަމާކޮށްފައިވާ ފައިސާ އަކީ، ޑޮލަރު ގަނެވިއްކުމުގެ މުއާމަލާތެއް ކަމަށް ބުނެ އެސްއޯއެފް ނަމުގައި ތައްޔާރުކޮށްފައިވާ "ޕޭމަންޓް ރިސީވްޑް" ލިޔުމެއް މަހްލޫފް ފަރާތުން އޭސީސީ އަށް ހުށަހެޅި ކަމަށެވެ. ނަމަވެސް ތަހުގީގުން ބެލިބެލުމުން އެ ފައިސާއަކީ ޑޮލަރު ގަތުމަށް ދީފައިވާ ފައިސާކަން އެނގެން ނެތް ކަން ވެސް ފާހަގަކޮށްފައިވެ އެވެ. އަދި އެ ފައިސާ އަކީ އަދީބުގެ ކިބައިން ރިޝްވަތުގެ ގޮތުގައި މަހްލޫފް ހޯދާފައިވާ ފައިސާކަން ހެކިންގެ ބަހުންނާއި، ތަހްގީގަށް ލިބިފައިވާ ހެއްކާއި ގަރީނާއިން އެނގޭ ކަންވެސް ފާހަގަކޮށްފައިވެ އެވެ. އެހެންވެ މަހްލޫފްގެ މައްޗަށް ދައުވާކޮށްދިނުމަށް އެދިފައިވަނީ ކޮރަޕްޝަން ހުއްޓުވުމާ މަނާ ކުރުމުގެ ގާނޫނުގެ ދެވަނަ މާއްދާގެ (ހ)ގެ ދަށުންނެވެ. 

މަހްލޫފަށް ލިބުނު ޑޮލަރަކީ ޑޮލަރު ގަނެވިއްކުމުގެ އަދި ސައްހަ މުއާމަލާތެއް ކަން ދެއްކުމަށްޓަކައި އޭސީސީއަށް އޮޅުވާލަން މަސައްކަތް ކޮށްފައިވާ ކަމަށްވެސް ތުހުމަތުކޮށްފައިވެ އެވެ. އެގޮތުން މަހްލޫފް އޭސީސީ އަށް ހުށަހަޅާފައިވާ "ޕޭމަންޓް ރިސީވްޑް" ލިޔުމާއި، ޑޮލަރަށްވާ ދިވެހި ފައިސާ ނަގުދު ފައިސާއިން އެސްއޯއެފްއާ ހަވާލުކޮށްފައިވާނެ ކަމަށް ވިދާޅުވެ މަހްލޫފް އޭސީސީއަށް ފޮނުވާފައިވާ ސިޓީއާއި ދެއްވާފައިވާ ބަޔާނަކީ ކަން ހިނގާފައިވާ ގޮތް އޮޅުވާލުމަށް ދެއްވާފައިވާ ބަޔާނެއް ކަން ފާހަގަކޮށްފައިވެ އެވެ. އެހެންވެ ރަސްމީ އިދާރާއަކަށް ދޮގު މައުލޫމާތު ދީފައިވާކަން ތަހުގީގަށް އެނގެން އޮތް ކަމަށް ނިންމާ، ގާނޫނުލްއުގޫބާތުގެ 521 ވަނަ މާއްދާގެ (ހ) އަދި (ށ)ގެ ދަށުން މަހްލޫފްގެ މައްޗަށް ދެވަނަ ދައުވާ ދައުވާއެއް ކޮށްދިނުމަށްވެސް އެދިފައިވެ އެވެ.

މަހްލޫފްގެ ދިފާއުގައި އޭސީސީއަށް ދޮގު މައުލޫމާތު ދީފައިވާ ކަމަށް ބުނެ މަހްލޫފްގެ ކޮއްކޮ އަލީ މުބީން އަށް ދައުވާ ކޮށްދިނުމަށްވެސް އޭސީސީން ޕީޖީގައި ވަނީ އެދިފަ އެވެ.

މިނިސްޓަރު މަހްލޫފް މީގެކުރިން ވަނީ އެމަނިކުފާނުގެ މައްޗަށް ދައުވާ ކުރާ ހިސާބުން މަގާމުން އިސްތިއުފާ ދެއްވާނެ ކަމަށް ވިދާޅުވެފަ އެވެ.

އެމްއެމްޕީއާރުސީގެ 1.3 ބިލިއަން ރުފިޔާގެ ހިޔާނާތުގެ ފައިސާ ޖަމާކުރި އެސްއޯއެފްގެ ކުންފުނީގެ އެކައުންޓުން މަހުލޫފްގެ އަމިއްލަފުޅު އެކައުންޓަށް 33،000 ޑޮލަރު ޖަމާކޮށްފައިވާ މައްސަލާގައި މީގެ ކުރިންވެސް މަހުލޫފް ސަސްޕެންޑްކޮށް މަގާމުގެ މަސްއޫލިއްޔަތުތަކުން އެކަހެރި ކުރި އެވެ. އެއީ ފެބްރުއަރީ 14، 2019 ގައެވެ.

ނަމަވެސް އޭސީސީ އާއި ޕޮލިހުން އެއްވެސް މައްސަލައެއް ނެތްކަން ޔަގީން ކޮށް ދިނުމުން އޭޕްރީލް 16، 2019 ގައި މަހުލޫފްގެ ސަސްޕެންޝަން ނިމުމަކަށް ގެނެސް މަގާމުގެ މަސްއޫލިއްޔަތުތައް އަލުން ހަވާލު ކުރެއްވިއެވެ.

12 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!

ޝާފީ ރ

ހެހެހެ މަޙްލޫފޫ ދޭބަލަ ދެންވެސް ބޮލީވުޑަށް އަމީތާބު އާއި ޖަޔާ ބައްޗަށް ދެފަރާތުގަ ބައިތިއްބައިގެން ފޮޓޯ ނަގަން. ދެން އެއަށް ފަހު ކަޕިލް ޝަރުމާ ގެ ޝޯވ ގަ ދަރިފުޅު ބައިވެރިކޮށްފަ ޓްވީޓް ކުރަން. އެއަށްފަހު 2000 ޑޮލަރުގެ ގަމީހެއްލައިގެން މަންޑޭލާ ހެދެން. (މިއީ ކުރި މަލާމާތެއް ނޫން).

ޝާފީ ރ

ކުޑަކުއްޖަކަށް ވެސް ޔަޤީން ވާވަރަށް ހެއްކާއި ގަރީނާ އެއޮތީ ފެންނަން. ދެން ކީއްވެ ވަކި ނުކުރަންވީ ؟

ޑރ. ރާމީ ޙަސަން

ހިންނަވަރު އިބްރާހިމް ގެ ޖީބުން މަޙްލޫފަށް މަހަކު 70،000 ރުފިޔާ މުސާރައިގެ ގޮތުގައި ދޭންޖެހޭނަމަ މަޙްލޫފު ވަގުތުން ވަކިކުރީސް. އުންސުރު އެއް ބުންސުރު އެއް ނުބަލާނެ. ހިންނަވަރު އިބްރާހިމް ބަލާނެ ކަމެއް ނެތެއްނު، ރައްޔިތު މީހާގެ ޖީބުން ވިއްޔަ މަޙްލޫފަށް މަހަކު 70،000 ރުފިޔާ ދެނީ. ރައްޔިތުން ކޮރޯނާގަ ބަނޑަށް ތިބެގެން. މިއީ ހާދަ ނުބައި މީހެކޭދޯ ހިންނަވަރު އިބްރާހިމް އަކީ.

ރަނގަޅުގޮތް

އުންސުރު

ޑރ. ރާމީ ޙަސަން ވައިނުޖެހޭގެއާގެ

(1) ސިންގަޕޫރު ގައި އޮންނަނީ ވަކިވަރަކަށް ވުރެ ބޮޑަށް ރައީސް މީހާއަށް ޝައްކު ކުރެވި، ޔަޤީން ވެއްޖެނަމަ މިނިސްޓަރު ފެންވަރު ގެ ބޭފުޅުން މަޤާމުން ވަކިކުރާ ގޮތަށް. (2) ވެންޓިލޭޓަރުން ވައްކަން ކުރުމުން 4 މަސްދުވަސް ވަންދެން އަހަރުމެން ގެ ޖީބުން، މަހަކު 70،000 އެއްހާ ރުފިޔާ ފީސަބީލިއްﷲ އަށް ދިންކަމީ ބޮޑު މައްސަލަ އެއް. (3) ރައްޔިތު މީހުން މިތިބީ، "ބަނޑަށް ކުޅުތަޅައިގެން". ރައީސް މީހާ ގެ އަމިއްލަ ޖީބުން މަހަކު 70،000 ރުފިޔާ ދޭންޖެހުނު ނަމަ ޔަގީން ކަށަވަރު އަމީނު މަޤާމުން ވަކި ނުކޮށް ނުބެހެއްޓީސް. ވަގުތުން ވަކިކުރީސް. (4) ރައްޔިތު މީހާގެ ޖީބުންދޭ ފައިސާ ވިއްޔަ. ދެން ކޮންކަމަކާ ކުޑަކޮށްވެސް ބަލާލަންވީ! (5) މިފަހަރު ވެސް ތިޔަ ބުނާ "އުންސުރަ" ހަމަ ނުވެއްޖެނަމަ މަޙްލޫފްއަށް އަތްއުރާލައިގެން، ގޭގައިހުރެ މުސާރަ ވެސް ލިބުނީ. މިއީ މާރަނގަޅު ހަމަ އެއް! ކުުކުޅު ހާލުގެ މެދުގައި ވެސް ހަމައެއް ލަމައެއް އޮވޭ! މިފަހަރުވެސް ތިޔަބުނާ "އުންސުރަ" ހަމަވޭތޯ ބަލަބަލާ ތިބެމާ! ހަމަ ވާނެކަމަކަށް ނުފެނޭ!

އިސްލާޙު

* އުންސުރު.

ޤާދިރު

ތި މައްސަލައިގެ އުންސުރު ހަމަވާނެބާ؟

ހޯހޯ

ކޮބާ ހޭ ދަބަހުގަ ދިޔާ އެއްޗެހި ގެންދިޔަ މީހާ ކީއްވެ ނުކެރެނީ މޖްލިސް އިން ބޭރު ކުރަން

މަހޭނެތިދާނެ

ކޮބާ މާހޭ ރަހަލާ އެބަ ދޯ؟ ކިޔުނު އެއްޗެއްސާއި އުޅެވުނު ގޮތް ހަނދާން އެބަހުރި ދޯ؟؟ ދުނިޔޭގަ ދެން ބުރުޖަހާލާނެ ފޮނި ގޮތެއްވެސް ދެން ނޯންނާނެދޯ؟ ސިޔާސީ މަޤާމަކީ އާތްވައް ވާ އެއްޗެއްކަން ދަންނަންވާނެ... ބޭބެ މެން ނުކިޔަވާ ތިއްބަސް އެވަރު އެނގެ.

އެކަހެރި

އަހަރަކު އެއްފަހަރު މަގާމުގެ މަސްއޫލިއްޔަތުން އެކަހެރިކުރޭ،، ވާކަމެއްނެތް

ގަލޮޅު

އަލްޙަމްދުﷲ

March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345