ހުސައިން ޝަމީމް

ޕީޖީގެ ޗެޓްލޮގެއް: "ބޭކާރު ގޮތުގައި ފުއްޕީމަ ވާ ގޮތް މީ"

ޕްރޮސެކިއުޓަރު ޖެނެރަލް ހުސައިން ޝަމީމް އަދި ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފް: ދައުވާ ކުރަން ފޮނުވުމުން މަހުލޫފް ވަނީ ޝަމީމްގެ ނަޒާހަތްތެރިކަމާމެދު ސުވާލު އުފެދޭ މޭރުމުން އޭނާ ވާހަކަ ދައްކަވާފައިވާ ޗެޓްލޮގެއް އާންމު ކުރައްވާފައި —
63.6%
9.1%
27.3%

އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާ ލިބުނު ކަމަށް ތުހުމަތުކޮށް ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފްގެ މައްޗަށް ދައުވާކުރަން ކްރިމިނަލް ކޯޓަށް މައްސަލަ ފޮނުވާފައި ވަނިކޮށް ޕްރޮސެކިއުޓަރު ޖެނެރަލް (ޕީޖީ) ހުސައިން ޝަމީމް އެ މައްސަލާގައި ވަރަށް ޒާތީކޮށް އަދި ނަޒާހަތްތެރިކަމާމެދު ސުވާލު އުފެދޭ ގޮތަށް ދައްކާފައިވާ ވާހަކަތަކެއް ހިމެނޭ ޗެޓްލޮގެއް މަހުލޫފް އާންމު ކުރައްވައިފި އެވެ.

މަހުލޫފް އާންމުކޮށްފައިވާ ޗެޓް ލޮގަކީ ޔޫތު މިނިސްޓްރީގެ އިސް މަގާމެއްގައި ހުންނެވި އަހުމަދު އަޒުމޫން އާއި ޕީޖީ ޝަމީމް ދައްކަވާފައިވާ ވާހަކަތަކެއްގެ ޗެޓް ލޮގެކެވެ. އެ ޗެޓް ލޮގްގައި މަހުލޫފްގެ މައްސަލައަށް 110 ދުވަސް ވެގެން ދިޔައިރު އެ މައްސަލާގައި ގޮތް ނިންމަނީ ކޮން އިރަކުންތޯ އަޒުމޫން ސުވާލު ކުރުމުން 900 ދުވަސްވިޔަސް ހެޔޮ ކަމަށް ޝަމީމް ވިދާޅުވެއެވެ. އަދި "ބޭކާރު ގޮތުގައި ފުއްޕީމަ ވާ ގޮތް މީ" ކަމަށް ވިދާޅުވިއެވެ. މަހުލޫފާމެދު ފުލުހުންގެ ސިމްޕަތީވެސް މިހާރު ނެތް ކަމަށް ޝަމީމް ވިދާޅުވެއެވެ.

އޭގެ ފަހުން މަހުލޫފް މިހާރު ނުފުއްޕާ ނޫންތޯ އާއި މިހާރު ސައިޒުވެއްޖެ ނޫންތޯ އެހުމުން ސައިޒުވީ ކީއްވެތޯ ޝަމީމް ސުވާލު ކުރެއެވެ. ނަމަވެސް އޭގެ ފަހުން ދެން ދެކެވުނު ވާހަކަތަކެއް މަހުލޫފް ހިއްސާކޮށްފައެއް ނުވެއެވެ.

ދައުވާ އުފުލުމުން މަހުލޫފް މިރޭ ކުރެއްވި ޓްވީޓަކާއެކު ޝަމީމްގެ ޗެޓް ލޮގެއް ވަނީ އާންމު ކުރައްވާފައެވެ. އެ ޓްވީޓްގައި މަހުލޫފް ވިދާޅުވީ ޗެޓް ލޮގުތަކުންވެސް ދައުވާ ކުރުމަކީޝަމީމްގެ ވަރަށް ޒާތީ ނިންމުމެއްކަން ހާމަވާނެ ކަމަަަަށެވެ.

"‏ޝަމީމްގެ ފޮތުގައި އޮންނަގޮތުން ދައުވާ ކުރުމަށް ނިންމަނީ އަޅުގަނޑު ފުއްޕާވަރަށް އަދި ސައިޒުވާ މިންވަރުގެ މައްޗަށް. އިސްތިއުފާއެއް ނުދޭނަން އަދި ކޯޓުގައި ހަގީގަތް ސާފުވާނެ،" މަހުލޫފް ވިދާޅުވިއެވެ.

މަހްލޫފްގެ މައްޗަށް މިއަދު ދައުވާކޮށްފައިވާ ކަން ޕީޖީ އޮފީހުން ވެސް ވަނީ ޔަގީންކޮށްދީފަ އެވެ. މަހްލޫފްގެ މައްޗަށް ދައުވާކުރީ ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ގާނޫނުގެ (ހ)އާ ހަވާލާދީ އެ މާއްދާގެ (ށ)ގެ ދަށުން ރިޝްވަތު ހިފުމުގެ ދައުވާ އެވެ.

މިނިސްޓަރު މަހްލޫފްގެ މައްޗަށް ދައުވާކުރަން ފޮނުވާފައި މިވަނީ އެމްއެމްޕީއާރްސީގެ ހިޔާނާތުގެ މައްސަލައިގެ ތެރޭގައި ހިންގާފައިވާ ކޮރަޕްޝަނާއި، ޚިޔާނާތާއި، މަނީ ލޯންޑްރިންގެ މައްސަލަތައް ބެލުމަށް ފުލުހުންނާއި، އެސެޓް ރިކަވަރީ ކޮމިޝަނާއި އަދި އެންޓި-ކޮރަޕްޝަން ކޮމިޝަނުން ކުރިއަށް ގެންދިޔަ ޖޮއިންޓް އިންވެސްޓިގޭޝަންގެ ތަހުގީގުގެ ތެރޭގައި، ކުށްކޮށްގެން ހޯދާފައިވާ ފައިސާ މަހްލޫފަށް ލިބިފައިވާ ކަމަށް ފާހަގަކުރެވިފައިވާތީ އެމައްސަލަ ތަހުގީގު ކުރުމަށްފަހު އެވެ.

5 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!

ނުރަބޯ

މަޚްލޫފު އެއްގޮތަކަށްވެސް ދެރަނުވާތި. “ހައްވައްތަ” ދުނިޔޭގައި ހުރިއްޔާ މަޚްލޫފަކަށް ދެރަގޮތެއް ވިޔަކަ ނުދޭނެ.

ޑރ. ރާމީ ޙަސަން މަނިކު ވައިނުޖެހޭގެ

މުސްކުޅިން ބުނެއުޅޭ، "އެ-އެއްޗެއްގެ ހަލާކު އަންނާނީ އެ-އެއްޗެއްގެ ތެރެއިން" ކަމަށް. ތިމާމީހާ އަށް ވެރިކަމަށް އާދެވުނީ ތިމާ-މީހާ އަކީ ކިޔަވައިގެން ހުރިމީހަކަށް ވެގެން، ނޫންނަމަ މަޤާމަށް ކުފޫ-ހަމަވާ މީހަކަށް ވެގެންނެއް ނޫން. މީހަކު ހެޔޮކޮށް ހިތައިގެން! ތިމާމީހާ އަށް ހެޔޮކޮށް-ހިތި މީހާ އަށް "ތެޔޮހަމެއް" ދިން މީހާގެ ނިމުން އަންނަ ގޮތް ވެސް އަޅުގަނޑަށް ފެންނާނެ، މާތް ﷲ ރަޙްމަތް-ފުޅުން!

ޙައްވަ/ޔޮއްޑޫ

ނުބޮވޭނެޔޭ އޮތަސް ވަކި ނުބޮއި ތިބޭތަ؟ ގެޓް އަ ލިއިފް.

ޙަސަނާ

ކަލެއަށް ކަމަކު ނުދާނެ، ބޯންވާނެޔޭ ބޮވެންވާނެޔޭ ބުނާ މީހާ ނޫން އެހެން މީހަކު.

ޝައްފަ

އިބޫ ގެ ވާހަކަ ދޯ!!!

March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345