މަސީ

ކޮންޓްރަކްޝަން ދާއިރާގެ ދަތިތަކަށް މަޝްވަރާކޮށްފި

Jun 10, 2021
2
އިމާރާތް ކުރުމުގެ މަސައްކަތް ކުރިއަށްދަނީ: އިމާރާތް ކުރުމުގެ ދާއިރާގައި ހުރި ދަތިތަކާ މެދު ވަނީ މަޝްވަރާކޮށްފައި -- ފޮޓޯ: އަވަސް
0%
0%
0%

ކޮވިޑް-19 އާ ގުޅިގެން މާލެ ސަރަހައްދުގައި ތަންފީޒު ކުރަމުންދާ ލޮކްޑައުންގެ ހާލަތުގެ ސަބަބުން، ކޮންސްޓްރަކްޝަން ދާއިރާއަށް ކުރިމަތިވަމުންދާ ދަތިތަކާ މެދު، ޕްލޭނިން މިނިސްޓްރީ އާއި މޯލްޑިވްސް ނޭޝަނަލް އެސޯސިއޭޝަން އޮފް ކޮންސްޓްރަކްޝަން އިންޑަސްޓްރީ (އެމްއެންއޭސީއައި) އިން މަޝްވަރާތައް ކޮށްފި އެވެ.

އިމާރާތް ކުރުމުގެ ދާއިރާ ތަމްސީލް ކުރާ މައި ޖަމިއްޔާ އިން ބުނީ އެމްއެންއޭސީއައި އާއި ޕްލޭނިން މިނިސްޓްރީން ޒޫމް މެދުވެރިކޮށް ކުރިއަށް ގެންދިޔަ މި މަޝްވަރާތަކުގައި އިމާރާތް ކުރުމުގެ ދާއިރާގެ ކުންފުނި ތަކުން ވެސް ބައިވެރިވެފައިވާ ކަމަށެވެ. މި ބައްދަލުވުމުގައި ޕްލޭނިން މިނިސްޓްރީގެ ފަރާތުން ބައިވެރިވީ ސްޓޭޓް މިނިސްޓަރު މުހައްމަދު އަލީ އެވެ.

މި ބައްދަލުވުމުގައި އިމާރާތް ކުރުމުގެ ދާއިރާއަށް ކުރިމަތިވަމުންދާ ދަތިތަކާމެދު މަަޝްވަރާކޮށްފައިވެ އެވެ. މީގެތެރޭގައި ކޮންސްޓްކަޝަން ސައިޓުތަކުގައި މަސައްކަތް ފަށަން ހުއްދަ ހޯދުމާއި މަސައްކަތް ހުއްޓުމުގެ ސަބަބުން އިގްތިސޯދީ ގޮތުން މި ދާއިރާ އަށް ކުރިމަތިވަމުންދާ ގޮންޖެހުންތަކުން އަރަައި ގަނެ ލުއި ހޯދުމާމެދު ވެސް މަޝްވަރާކޮށްފައިވެ އެވެ.

އެމްއެންއޭސީއައި އިން ދާދިފަހުން ވަނީ ކޮންސްޓްކަޝަން ދާއިރާ ސަލާމަތްކޮށް މި ދާއިރާ ކުރިއަރުވަން ކުރެވިދާނެ ކަންތައްތަކެއް ސަރުކާރަށް ވަނީ ހުށަހަޅާފަ އެވެ.

2 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345