ނަޝީދަށް އަމާޒު ކުރި ހަމަލަ

ބޮމުގެ ހަމަލާގައި ޒަހަމްވި މީހާއަށް 9،000 ރުފިޔާ ދީފި

މިދިޔަ މަހުގެ ހަވަނަ ދުވަހުގެ ރޭ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ޓެރަރިސްޓް ހަމަލާގައި ޒަހަމްވި އާންމުންގެ މީހާއަށް އެންސްޕާއިން އެހީތެރިވެ ދީފި އެވެ.

ރައީސް ނަޝީދުގެ ގެކޮޅު ގ. ކެނެރީގެއިން ނުކުމެ ވަޑައިގެން ކާރުކޮޅަށް އަރާވަޑައިގަންނަވަން އުޅުއްވަނިކޮށް މާލޭގެ ނީލޯފަރުމަގާއި މަޖީދީ މަގު ކަންމަތީގައި ޕާކްކޮށްފައި އޮތް ސައިކަލެއްގައި ހަރުކޮށްފައި އޮތް އައިއީޑީއެއް ގޮއްވާލައިގެން ދިން ހަމަލާގައި ރައީސް ނަޝީދާއެކު އެމަނިކުފާނުގެ ތިން ބޮޑީގާޑުންނާއި އަދި އާންމުންގެ ދެ މީހަކު ޒަހަމްވި އެވެ.

އޭގެ ތެރޭގައި ހދ. ވައިކަރަދޫ ހދ. ވައިކަރަދޫ، އާދަމް އުމަރު 41، ހިމެނެ އެވެ.

އަވަސް އާދަމް ބުނީ ހަމަލާގައި ފައި ކަފައިގެން ގޮސް ކުޑަވާ އިނގިއްޔާ ގުޅިފައި އޮންނަ ކަށިގަނޑު ބިންދައިގެން ދިޔަ ކަމަށެވެ. އަދި ފަހުން އައިޖީއެމްއެޗްގައި އޮޕަރޭޝަން ކުރުމަށް ފަހު ޕަރޭޝަނެއް އޭނާގެ ކުޑަވައި އިނގިއްޔާ ދިމާލަށް މިހާރު ވަނީ ދަގަނޑު ފޮއްޗެއް ވެސް ލައްވައިފައިވާ ކަމަށެވެ.

އަދި އެންސްޕާ މެދުވެރިކޮށް މިއަދު 9000 ރުފިޔާ ލިބިފައިވާ ކަމަށް އާދަމް ބުންޏެވެ.

އެ ހާދިސާ ހިނގީ އާދަމް ރަށަށް ބަދަލުވާން ނިންމާފައިވާ ވަނިކޮށެވެ. ހަމަލާއާ ގުޅިގެން އޭނާ އަށް ހިނގަން އުނދަގޫވާތީ ވަޒިފާ ދޫކޮށްލައިފައިވާ އިރު އޭނާ މިހާރު ބޭނުންވަނީ ވީހާވެސް އަވަހަށް ރަށަށް ބަދަލުވާށެވެ. އޭނާ މިވަގުތު ދިރިއުޅެމުން ދަނީ ދެބެންގެ ދެދަރި މީހެއްގެ ގޭގަ އެވެ.

އާދަމް ރަށަށް ބަދަލުވާން ކުރަން ޖެހޭ ހަރަދުތައް ޖެންޑާ މިނިސްޓްރީން ހިންގާ "އަހުލު" ޕްރޮގްރާމްގެ ހަރަދުތައް ދޭން މިހާރު ވަނީ ނިންމައިފަ އެވެ.

އާދަމް ޒަހަމްވުމުން ސަރުކާރުން އޭނާއަށް އެކަށީގެންވާ ވަރަށް އެހީތެރިކަން ފޯރުކޮށްދީފައިނުވާތީ އާންމުންގެ ފާޑުކިޔުން ވަނީ އަމާޒުވެފަ އެވެ. އާދަމް އަށް އެހީ ދިނީވެސް އޭނާގެ ހާލަތު ރާއްޖޭގެ ނޫހަކުން ހާމަކޮށް ލިޔުނު ލިޔުމަކަށް ފަހު އެވެ.