ހޯރަފުށީ އެއާޕޯޓް

ހޯރަފުށި އެއާޕޯޓް މަރާމާތުކޮށް ނިންމާލައިފި

Jun 10, 2021

މޫސުން ވަރަށް ބޮޑަށް ގޯސްވެ ރާޅު އަރައި ގެއްލުވި ހއ. ހޯރަފުށި އެއާޕޯޓް މަރާމާތުކޮށް ނިންމާލައިފި އެވެ.

މިދިޔަ މެއި މަހުގެ ކުރީކޮޅު ކުރި ވިއްސާރައިގައި ހޯރަފުށި އެއާޕޯޓަށް ވަނީ އެކިވަރުގެ ގެއްލުންތައް ލިބިފަ އެވެ.

ހޯރަފުށި އެއާޕޯޓް މަރާމާތުކުރުމުގެ މަސައްކަތް ކުރީ އެ އެއާޕޯޓް ހެދި ކުންފުނި ކަމަށްވާ އެމްޓީސީސީންނެވެ. އެކުންފުނިން ބުނީ މަރާމާތުގެ މަސައްކަތްތައް ނިންމާލީ މިދިޔަ އަންގާރަ ދުވަހު އެވެ.

ހޯރަފުށި އެއާޕޯޓަށް ރާޅު އެރުމުގެ ސަބަބުން ރަންވޭމަތީގައި އެއްކޮށް ފެން ބޮޑުކޮށްލި އެވެ. އަދި މޫސުން ގޯސްވެގެން ޕެސެންޖާ ޓާމިނަލްގެ ބައެއް ވެސް ވެއްޓުނެވެ. އެގޮތުން ސެލްކޯންގަނޑު ކަނޑައިގެން ގޮސް އެއާޕޯޓުގެ ބިއްލޫރި އާއި އެލްމެނިއަމް ފަތިން ހަދާފައިވާ ބިތްގަނޑު ވަނީ ވެއްޓިފަ އެވެ. ވެއްޓުނު ބިއްގަނޑުގައި ހުރި ބިއްލޫރިތައް ވަނީ ފުނޑުފުޑު ވެފަ އެވެ.

ހޯރަފުށި އެއާޕޯޓަށް ބޮޑެތި ގެއްލުން ތަކެއް ވެގެން ދިޔައިރު އެއާޕޯޓް އޮތީ އިންޝުއަރެންސް ވެސް ހަމަވެފަ އެވެ.

އުދައަރާ އެއާޕޯޓް "ދޮވެލިއިރު" މި އެއާޕޯޓްގެ އީއައިއޭ ހަދާފައިވަނީ ހޯރަފުއްޓަށް ނިސްބަތްވާ އަދި އެ ދާއިރާގެ މަޖިލިސް މެންބަރު އަހްމަދު ސަލީމްގެ ކުންފުނިންނެވެ. ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ހއ. މާފިނޮޅުގައި އަޅަން އޮތް އެއާޕޯޓް ހޯރަފުށްޓައް ބަދަލުކުރީ މި ސަރުކާރުންނެވެ.

ދައުލަތުގެ ބަޖެޓުން 198 މިލިއަން ރުފިޔާ ހަރަދުކޮށްގެން ހޯރަފުށި އެއާޕޯޓް ނިންމާ ހުޅުވާފައިވަނީ މިދިޔަ ނޮވެމްބަރު މަހު އެވެ. މިއީ މި ސަރުކާރުގެ ފުރަތަމަ އެއާޕޯޓެވެ.