މޯލްޑިވިއަން

ހޯރަފުއްޓަށް މޯލްޑިވިއަންގެ ދަތުރުތައް އިތުރުކުރަނީ

ގައުމީ އެއާލައިން -- މޯލްޑިވިއަން އިން ހއ. ހޯރަފުއްޓަށް ކުރާ ދަތުރުތައް އިތުރުކުރަން ނިންމައިފި އެވެ.

މޯލްޑިވިއަން އިން މިހާރު ހަފުތާއަކު ތިން ދުވަހު ހޯރަފުއްޓަށް ދަތުރުކުރެ އެވެ.

ހޯރަފުއްޓަށް މޯލްޑިވިއަން އިން މިހާރު ދަތުރުކުރަނީ އާދިއްތަ، ބުދަ އަދި ހުކުރު ދުވަހު އެވެ.

މޯލްޑިވިއަން އިން ބުނީ އެޕްރީލް މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ދަތުރުތައް އިތުރުކުރާނެ ކަމަށެވެ.

އެއާއެކު އާދިއްތަ، އަންގާރަ، ބުރާސްފަތި އަދި ހޮނިހިރު ދުވަހު ހޯރަފުއްޓަށް ދަތުރުކުރާނެ ކަމަށް މޯލްޑިވިއަން އިން ވަނީ ބުނެފަ އެވެ.

ހޯރަފުށީ އެއާޕޯޓު ރަސްމީކޮށް ހުޅުވީ ނޮވެމްބަރު 19، 2020 ގަ އެވެ.

އެ އެއާޕޯޓަށް ރޭގަނޑު ދަތުރުތައް ފަށާފައިވަނީ އޮގަސްޓް 2023 ގަ އެވެ.