ހޯރަފުށީ އެއާޕޯޓް

ހޯރަފުށި އެއާޕޯޓަށް ހަފްތާއަކު ތިން ދަތުރު

ހއ. ހޯރަފުށީ އެއާޕޯޓަށް ހަފްތާއަކު ތިން ދަތުރު ކުރުމަށް ހަމަޖެހިފައިވާ ކަމަށް ގައުމީ އެއާލައިން މޯލްޑިވިއަން އިން ބުނެފި އެވެ.

ގާތްގަނޑަކަށް 198 މިލިއަން ރުފިޔާ ހަރަދުކޮށްގެން ހޯރަފުށީ އެއާޕޯޓް ރަސްމީކޮށް ހުޅުވާފައިވަނީ އިއްޔެ އެވެ. އެއާޕޯޓް ހުޅުއްވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހެވެ.

މޯލްޑިވިއަންއިން ބުނީ މި މަހުގެ 26 ވަަނަ ދުވަހު ކޮމާޝަލް ދަތުރުތައް ފެށުމަށް ނިންމާފައިވާ ކަމަށެވެ. އަދި ހޯރަފުށީ އެއާޕޯޓަށް ހަފްތާއަކު ތިން ދަތުރު ކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ. ދަތުރުގެ އަގުތައް ހުރީ މާލެ-ހަނިމާދޫ ދަތުރުތަކާ އެއް އަގެއްގައެވެ.

އިއްޔެ ހުޅުވި އެއާޕޯޓުގައި 1.2 ކިލޯމީޓަރުގެ ރަންވޭއަކާއި 8،635 ސްކޮޔާ މީޓަރުގެ އޭޕްރަންއަކާއި ޓެކްސީ ވޭއެއްގެ އިތުރުން ސާވިސް މަގުތަކާއި، ޕާކިން އޭރިއާއަކާއި ފަޔާ އެކްސެސް މަގެއް ހިމެނެ އެވެ.