ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19 އިގެ މަރުތައް

ކޮވިޑް މަރު: 60 ޕަސެންޓަކީ ފިރިހެނުން

ކޮވިޑް-19 ބަލީގައި މިހާތަނަށް ރާއްޖެއިން މަރުވި މީހުންގެ ތެރެއިން 60 ޕަސެންޓް މީހުންނަކީ ފިިރިހެނުން ކަަމަށާ މުޅި ދުނިޔޭގަައިވެސް ކޮވިޑް ޖެހިގެން މަރުވި މީހުންގެ ތެރޭގައި ގިނަައީ ފިރިހެނުން ކަމަށް ޓެކްނިކަލް އެޑްވައިޒަރީ ގުރޫޕް އިން ބުނެފި އެވެ.

އެޗްއީއޯސީގެ މިއަދުގެ ނޫސްވެރިންގެ ބައްދަލްވުމުގައި ޓެގް ޓީމުގެ މެންބަރު ޑރ. އަހުމަދު ޝަހީދު ވަނީ ކޮވިޑް މަރުތަކާއި ގުޅޭ ތަފްސީލީ މައުލޫމާތުތަކެއް ހިއްސާކޮށްފައެވެ. ކޮވިޑްގައި ރާއްޖެއިން މިހާތަނަށް މަރުވީ 191 މީހަކު މަރުވެފައެވެ. ތަފާސް ހިސާބުތަކާއި ހަވާލާދީ ޝަހީދު ވިދާޅުވީ އޭގެ ތެރެއިން 60 ޕަސެންޓަކީ ފިރިހެނުން ކަމަށެވެ. 40 ޕަސެންޓަކީ އަންހެނުން ކަމަށްވީއިރު ކޮވިޑްގައި މުޅި ދުނިޔެއިން މިހާތަނަށް މަރުވި މީހުންގެ ތެރެއިންވެސް ގިނައީ ފިިރިހެނުން ކަމަށް ޝަހީދު ވިދާޅުވިއެވެ.

ޝަހީދު ވަނީ މި އަހަރުގެ އޭޕްރީލް 28 ވަނަ ދުވަހުން ފެށިގެން ޖޫން މަހުގެ ފަސްވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއިން މަރުވި މީހުންގެ އުމުރުފުރާތަކާއި އެ މީހުން ފަރުވާ ހޯދަމުން އައި ބަލިތަކުގެ ތަފްސީލްވެސް ހިއްސާ ކުރައްވާފައެވެ. މި މުއްދަތުގައި 111 މީހަކު މަރުވިއެވެ.

އޭގެ ތެރޭގައި ހިމެނެނީ 80 އަހަރުން މަތީގެ 30 މީހަކާއި 65 އަހަރާއި 80 އަހަރާ ދެމެދުގެ 37 މީހަކު ހިމެނެއެވެ. މަރުވި މީހުންގެ ތެރެއިން 60 ޕަސެންޓް މީހުންނަކީ 65 އަހަރުން މަތީގެ މީހުންނެވެ. 30 ޕަސެންޓް މީހުންނަކީ 40 އަހަރާއި 65 އަހަރާ ދެމެދުގެ މީހުންނެވެ. 20 ޕަސެންޓް މީހުނަކީ 40 އަހަރުން ދަށުގެ މީހުންނެވެ.

މަރުވި މީހުންގެ ތެރެއިން ގިިނަ މީހުންނަކީ ދިގު މުއްދަތަށް ފަރުވާ ކުރަންޖެހޭ ބަލިތައް ހުރި ހައިރިސްކު މީހުންނެވެ. އެ މީހުންގެ ތެރޭގައި އެންމެ ގިނައީ ލޭމައްޗަށް ދިއުމާއި ހަކުރު ބައްޔާއި ހިތުގެ ބަލީގެ އިތުރުން ސްޓްރޯކް އަދި ކިޑްނީގެ ބަލިތައް ހުރި މީހުންނެވެ.

ޝަހީދު ވިދާޅުވީ މަރުވި މީހުންގެ ތެރޭގައި ކެންސަރު ބަލީގެ ތިން މީހަކުވެސް ހިމެނޭ ކަމަށެވެ. އަދި މަރުވި މީހުންގެ ތެރެއިން 8 ޕަަސެންޓް މީހުންނަކީ ފުއްޕާމޭގެ ބޮޑެތި ބަލިތައް ޖެހިފައިވާ މީހުންނެވެ. 80 ޕަސެންޓް މީހުންގެ ކޮންމެވެސް އެއް ބައްޔެއް ހުއްޓެވެ. 60 ޕަސެންޓް މީހުން ގެންދިޔައީ ދެ ބައްޔަކާއި ހަނގުރާމަ ކުރަމުންނެވެ.

މި 111 މީހުންްގެ ތެރޭގައި އެފަދަ އެއްވެސް ބައްޔެއް ނެތް 20 ޕަސެންޓް މީހުން ހިމެނެއެވެ.