ތިމާވެށި

ތުރުކީއަށް ވެލާ އަރާ ބިސް އަޅަނީ

Jun 11, 2021
2

ތުރުކީ ދެކުނު އަދަނާ ޕްރޮވިންސަށް ވެލާ އަރާ ބިސް އަޅަން ފަށައިފި އެވެ. ތުރުކީ ނޫސްތަކުން ބުނާ ގޮތުން ކޮންމެ އަހަރެއްގެ މި ދުވަސްވަރު މޫސުން ރީތިވެ އެއްގޮތްވެފައި އޮންނައިރު ވެލާ އަރައި ބިސް އަޅަ އެވެ. މިއީ އެ ސަރަހައްދުގެ މީހުން އުފާކޮށް ކުދިވެލާތައް މޫދަށް ދޫކޮށް އުޅޭ ދުވަސް ވަރެކެވެ.

ގުދުރަތީ ދިރުމަށް ހާއްސަ ވައިލްޑްލައިފް ޑިވެލޮޕްމަންޓް އޭރިއާގައި ވެލާ އަރަން ޖާގަ ތަނަސްކޮށްދީ ބިސްއަޅަން ފަސޭހަ ކޮށްދެ އެވެ. މި މައްސައްކަތުގައި އުޅޭ އޮފިޝަލުން ވިދާޅުވާ ގޮތުން 2006 ފެށިގެން މިހާތަށް 220،000 ތުއްތު ވެލާ ކަނޑަށް ދޫކުރެވިފައި ވެއެވެ.

ދަންފަޅި ބަހައިގެން އޮފިސަރުން ޑިއުޓީއަށް ތިބެ އެވެ. އަދި ބިސް އަޅަން އަރާ ވެލާތަކަށް ފަސޭހަ ކޮށްދެއެވެ. ކޮންމެ ރެއަކުވެސް ފަތިހުގެ އަލިކަން ފާޅުވަންދެން ވެލާއަރާ ބިސްއަޅަ އެވެ.

ގުދުރަތީ ދިރުން ހިމާޔަތްކުރުމުގައި އުޅޭ އޮފިޝަލުން ވިދާޅުވަނީ ބޮޑަށް ބާރު އަޅަނީ އާބާދީ މަދުވެފައިވާ ވެލާ ދަރިފަސްކޮޅަށް ފުރުސަތު ހޯދައިދޭށެވެ. އެގޮތުން ބިސް އަޅަށް އެރުމުގެ ކުރިން ފަސްގަނޑު މަޑުކޮށް ކޮންނަން ފަސޭހަ ކުރުމާއި ގޮނޑުދޮށުން ކުނިނަގައި މަގުތަނަސްކޮށްދެވޭ ކަމަށެވެ.