ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19

ކޮވިޑްގައި މީހަކު މަރުވެއްޖެ

Jun 11, 2021

ކޮވިޑް-19 އަށް ޕޮޒިޓިވް ވެގެން ރާއްޖެއިން މީހަކު މަރުނުވާތާ 24 ގަޑިއިރު ފަހުން ކޮވިޑްގައި މިއަދު މީހަކު މަރުވެއްޖެ އެވެ.

އެޗްޕީއޭ އިން ބުނީ މިއަދު ހެނދުނު 7:05 ހާއިރު މަރުވީ ދަރުމަވަންތަ ހޮސްޕިޓަލްގައި ފަރުވާ ދެމުން ދިޔަ އަންހެނެކެވެ.

އުމުރުން 60 އަހަރުގެ އެ މީހާ އަކީ އިތުރު ބަލިތަކަކަށް ފަރުވާ ހޯދަމުން ދިޔަ މީހެއް ކަމަށް އެނގިފައިވެ އެވެ.

މިއީ ކޮވިޑް ބަލީގައި ރާއްޖެއިން މަރުވި 192 ވަނަ މީހާ އެވެ.

ކޮވިޑްގެ ހާލަތު ރާއްޖޭގައި ވަރަށް ބޮޑަށް ގޯސްވެފައި އޮތުމަށްފަހު މިދިޔަ ހަފްތާ އިން ފެށިގެން ކޮވިޑް ކޭސްތައް ދަނީ ދައްވަމުންނެވެ.

ރާއްޖެއިން އިއްޔެ ކޮވިޑް ބައްޔަށް ޕޮޒިޓިވްވީ 323 މީހެކެވެ. ރާއްޖޭގެ ކޮވިޑް ނަންބަރު މިހާރު ހުރީ 69،536 އަށް އަރާފަ އެވެ.