ކޮވިޑް-19 އަށް ފަރުވާ ހޯދަމުން ދިޔަ މީހަކު މަރުވެއްޖެ އެވެ.
އެޗްޕީއޭ އިން ބުނީ މިއަދު 11:49 ހާއިރު މަރުވެފައިވަނީ އުމުރުން 55 އަހަރުގެ ދިވެހި އަންހެނެއް ކަމަށެވެ.
އޭނާ މަރުވީ ދަރުމަވަންތަ ހޮސްޕިޓަލްގެ "ޑީއެޗް 11"ގައި ފަރުވާ ދެމުން ދަނިކޮށެވެ.
މިއީ ރާއްޖޭގައި ކޮވިޑް ބަލީގައި މަރުވި 198 ވަނަ މީހާ އެވެ.
ކޮވިޑް ޖެހެގެން މަރުވާ މީހުންގެ ނިސްބަތް މިދިޔަ މަހާ އަޅާ ބަލާއިރު މި މަހު ވަނީ ވަރަށް ބޮޑަށް ދަށަށް ގޮސްފަ އެވެ. ރާއްޖެއިން މިހާތަނަށް 70،000 އަށް ވުރެ ގިނަ މީހުންނަށް ވަނީ ކޮވިޑް ޖެހިފަ އެވެ.