އޮފްބީޓް

އިންސާނަކަށް ވުރެ ފަސް ގުނަ ބާރަށް ކުރަފި ހަފާ!

Nov 14, 2015
3

ކުރަފި ދެކެ ބިރުން އުޅޭ އަންހެން ކުދިންނަށް މިއީ ޔަގީނަށް ވެސް އުފާވެރި ޚަބަރެއް ނޫނެވެ. މި ސޫތްޕެއް ދެކެ ގަންނާކުރައްވާ ބިރުން ހިރިލަން ވެސް ނުކެރިފައި ތިބޭ އަންހެން ކުދިން އަދި ވަކިން ބިރުގަންނަ ގޮތްވީ އެވެ. އެހެން ނޫންތޯ އެވެ؟

އާ ދިރާސާއަކުން ދައްކާ ގޮތުން ކުރަފި އަކީ އޭގެ ޒާތުގައި ނިކަން ނުރައްކާތެރި އަދި އެހާމެ ބާރުގަދަ ހެފުމެއްގެ ކުޅަދާނަކަން ލިބިފައިވާ ސޫތްޕެކެވެ. ޔުނިވާސިޓީ އޮފް ކެމްބްރިޖުގެ ތަޖުރިބާކާރުންގެ ޓީމަކުން ކުރި މި ދިރާސާއިން އެނގުނު ގޮތުން މި ސޫތްޕަކީ އޭގެ ބަރުދަނަށް ވުރެ 50 ގުނަ ބާރަށް ހެފުމުގެ ކުޅަދާނަކަން ލިބިފައިވާ ސޫތްޕެކެވެ.

އޭގެ މާނަ އަކީ އާދައިގެ އިންސާނަކު އަނގަޔަށް އެއްޗެއް ލައިގެން އެ އެއްޗެއް ހަފައި ޗިސްކުރުމަށް ލެވޭ ހުރިހާ ބާރެއްގެ ފަސް ގުނަ އިތުރު ބާރެއް ކުރަފީގެ ހެފުމުގައިވާ ކަމެވެ. ޔަގީނަށް ވެސް މި ޚަބަރެއް ކިޔުމަށް ފަހު އަންހެން ކުދިން ކީއްކުރަން، ސިންގާ ފިރިހެނަކު ވެސް ދެން ކުރަތްޕަކާ ގާތެއް ނުވާނެ އެވެ.

މި ދިރާސާ އަކީ މިފަދަ ސޫތްޕެއްގެ ހެފުމުގެ ބާރުމިން އަދި ގާބިލުކަން ދެނެގަތުމަށް ހިންގި ފުރަތަމަ ދިރާސާއެވެ.