ޖިންސީ ގޯނާ

އެޗްއީއޯސީގެ ދަރުމަވެރިއަކަށް ޖިންސީ ގޯނާކުރި ކަމަށް ބުނާ މައްސަލައެއް

ހެލްތް އިމާޖަންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) ގެ ދަރުމަވެރިއަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ފެންމަތިވެ އެ މައްސަލަ ބަލަން ފަށައިފި އެވެ.

ފުލުހުންގެ މީޑިއާ އޮފިސަރު ވިދާޅުވީ އެފަދަ މައްސަލައެއް އެ އިދާރާއަށް ހުށައެޅިފައިވާ ކަމަށެވެ. އަދި މައްސަލައިގެ ތަހުގީގު ފަށާފައިވާ ކަމަށް ވިދާޅުވިއެވެ. ނަމަވެސް އިތުރު ތަފްސީލެެއް ނުދެއެވެ.

އެޗްއީއޯސީއަކީ ކޮވިޑް-19 ގެ ބަލިމަޑުކަމާއި ދެކޮޅަށް ކުރާ މަސައްކަތުގައި އެންމެ އިސް ދައުރެއް އޮތް މުއައްސަސާއެވެ. އެ މަސައްކަތަށް ހާއްސަކޮށްގެން އުފެއްދި އެ މުއައްސަސާގައި ދަރުމައަށް މަސައްކަތް ކުރާ އެތައް ބަޔަކު ހަރަކާތްތެރިވެއެވެ.