ރައީސް އަބްދުﷲ ޔާމީން

ޕެރިހުގެ ހަމަލާތައް ރައީސް ކުށްވެރި ކުރައްވައިފި

Nov 14, 2015
ރައީސް އަބްދުﷲ ޔާމީން
0%
0%
0%

ފްރާންސްގެ ޕެރިސް ގައި ދިން ޓެރަރިސްޓް ހަމަލާތަކާ ގުޅިގެން ރައީސް އަބްދުﷲ ޔާމީން ފްރާންސްގެ ރައީސް ފްރާންސްވާ އޮލާންޑް އަށް ތައުޒިޔާ ދަންނަވައި އެ ހަމަލާތައް ކުށްވެރި ކުރައްވައިފި އެވެ.

ރައީސް ފޮނުއްވި ތައުޒިޔާގެ މެސެޖުގައި ވަނީ ދިވެހި ސަރުކާރާއި، ރައްޔިތުން އަދި އެމަނިކުފާނުގެ އަމިއްލަ ނަންފުޅުގައި އެ ހަމަލާތައް ކުށްވެރިކުރައްވާ ކަމަށާއި އެއްވެސް ކުށެއް ނެތް މީހުންނާ ދެކޮޅަށް ހިންގާ މިފަދަ ދަށު ދަރަޖައިގެ އަމަލުތައް ރާއްޖެއިން އެންމެ ހަރުކަށިކޮށް ކުށްވެރި ކުރައްވާ ކަމަށެވެ.

މީގެ އިތުރުން ޓެރަރިޒަމް ފޮހެލުމަށް ފްރާންސް އާއި ބައިނަލްއަގްވާމީ މުޖްތަމައުއާއެކު ގުޅިގެން މަސައްކަތް ކުރުމަށާއި، އިންސާނީ ކަރާމާތް ނެގެހެއްޓުމަށް ދިވެހިން އަބަދުވެސް މަސައްކަތް ކުރާނެ ކަމަށް ވެސް ރައީސްގެ މެސެޖްގައި ވިދާޅުވެފައި ވެއެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910