ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19 އިގެ މަރުތައް

ލ. ފެސިލިޓީން 92 އަހަރުގެ ދިވެއްސަކު މަރުވެއްޖެ

ކޮވިޑް-19 އަށް ފަރުވާ ހޯދަމުން އަައި އިތުރު މީހަކު މަރުވެއްޖެ އެވެ.

އެޗްޕީއޭ އިން ބުނީ އުމުރުން 92 އަހަރުގެ ދިވެހި ފިރިހެނަކު މަރުވެފައިވާ ކަމަށެވެ. އެއީ ލ. ފެސިލިޓީގައި ފަރުވާ ހޯދަމުން އައި މީހެކެވެ.

މިއީ ރާއްޖޭގެ 194 ވަނަ ކޮވިޑް މަރެވެ. މިއަދުގެ ދެވަނަ މަރެވެ.

ކޮވިޑް ޖެހެގެން މަރުވާ މީހުންގެ ނިސްބަތް މިދިޔަ މަހާ އަޅާ ބަލާއިރު މި މަހު މަދެވެ. ރާއްޖެއިން މިހާތަނަށް 69،800 ވުރެ ގިނަ މީހުންނަށް ވަނީ ބަލިވެފައެވެ.