ޔުއެއާފާ ޔޫރޯ 2020

އެރިކްސަންގެ ހާލު ރަނގަޅު

Jun 12, 2021

ޑެންމާކުގެ ތަރި، ކްރިސްޓިއަން އެރިކްސަންގެ ހާލު ރަނގަޅު ކަމަށް ޔޫއެފާއިން ބުނެފި އެވެ.

ޔޫރޯ 2020 ގައި ޑެންމާކާއި ފިންލެންޑް މިރޭ ކުޅުނު މެޗުގެ 43 ވަނަ މިނެޓްގައި އެރިކްސަން ވަނީ ހޭ ނެތިގެން ދަނޑު މައްޗަށް ވެއްޓިފަ އެވެ. ދިހަވަރަކަށް މިނެޓް ވަންދެން ދަނޑުމަތީގައި ސީޕީއާރު ދިން ނަމަވެސް އޭނާގެ ހާލަތަށް ބަދަލެއް ނައުމުން ހޮސްޕިޓަލަށް ގެންގޮސް ދަނީ ފަރުވާ ދެމުންނެވެ.

އެރިކްސަންއަށް ދިމާވި ހާލަތާމެދު މުޅި ފުޓްބޯޅަ ކޮމިއުނިޓީ ކަންބޮޑުވެފައިވާ މި ދަނޑިވަޅުގައި ޔޫއެފާއިން ދެންމެ ބުނީ އެރިކްސަންގެ ހާލު ރަނގަޅު ކަމަށެވެ. އަދި ހޮސްޕިޓަލްގައި ފަރުވާ ކުރިއަށް ގެންދާ ކަމަށެވެ.