އޭނާގެ ނަސްލާއި އޭނާގެ މިހާރުގެ ހާލަތާއި މެދު ދުވަހަކުވެސް މާފަށް ނޭދޭނެ ކަމަށް އިންގްލެންޑްގެ ކުޅުންތެރިޔާ މާކަސް ރަޝްފާޑް ބުނެފި އެވެ.
ރަޝްފާޑް މިހެން ބުނީ ނަސްލީ ގޮތުން ތަފާތުކޮށް ގިނަ ބަޔަކު މިހާރު އޭނާއަށް ފުރާސަރަ ކުރަމުން އަންނާތީ އެކަމާއި ގުޅިގެންނެވެ. މި ފަހުން އޭނާއަށް ފާޑުކިއުން އަމާޒުކުރީ އިންގްލެންޑާއި އިޓަލީ ބައްދަލު ކުރި ޔޫރޯ 2020 އިގެ ފައިނަލް މެޗުގެ ނަތީޖާ ނެރެން ޖެހި ޕެނަލްޓީ ނާކާމިޔާބު ވުމުންނެވެ.
ގިނަ ފާޑު ކިއުންތަކެއް އަމާޒު ވުމާއި ގުޅިގެން ރަޝްފާޑް ވަނީ ސޯޝަލް މީޑިއާގައި ވަރަށް ދިގު ބަޔާނެއް އާންމުކޮށްފައެވެ. ރަޝްފާޑް ބުނީ އޭނާގެ ވާހަކަތައް ފަށާނެ ހިސާބެއް އަދި އިހްސާސްތައް ލިޔުމުން ބޭރު ކުރާނެ ގޮތެއް ވެސް އޭނާއަށް ނޭންގޭ ކަމަށެވެ. އަދި ޕެނަލްޓީ ބޭރަށް ނާކާމިޔާބު ވުމަކީ އޭނާ އުންމީދު ކުރި ގޮތް ނޫން ކަމަށާއި އެކަމާ ހިތާމަ ކުރާ ކަމަށެވެ.
ނަމަވެސް މިމުބާރާތުގެ ތެރެއިން ޓީމުގެ ހުރިހާ ކުޅުންތެރިންނާއި ވަރަށް ގާތް ގުޅުމެއް އުފެދުނު ކަން ފާހަގަ ކުރަމުން ރަޝްފާޑް ބުނީ ޓީމުގެ ބައިވެރިންނާއި އުފެދުނު ގާތް ގުޅުން އަބަދަށް ދެމި އޮންނާނެ ކަމަށެވެ. އަދި މިފަހަރު ޓީމުން އޭނާގެ ފަރާތުން އެދުނުހާ ވެސް ކަމަކީ ޕެނަލްޓީއެއް ކަމަށާއި އެއުންމީދުތައް ފެނަށް ވުމަކީ އެކަމާއި ހިތާމަ ކުރާ ކަމަށެވެ.
އަހަރެންގެ ޕެނަލްޓީ އެންމެ ފުރިހަމައެއް ނުވި. ހިތަށް އަރާ އެބޯޅަ ގޯލުގެ ތެރެއަށް ވަން ނަމައޭ. އެކަމަކު މިހާރު އަހަރެންގެ ހާލަތާއި އަހަރެންގެ ނަސްލާއި މެދު ދުވަހަކުވެސް މާފަށް ނޭދޭނަން. އިންގްލެންޑްގެ ޖާޒީގައި ދިހަހާސް ސަޕޯޓަރުން ކުރިމަތީ ގައުމު ތަމްސީލު ކުރުމަށްވުރެ ފަހުރުވެރިވި ދުވަހެއް އަދި ނެތްމާކަސް ރަޝްފާޑް
ރަޝްފާޑް ބުނީ އޭނާގެ ޕެނަލްޓީ އަކީ ފުރިހަމަ ޕެނަލްޓީ އަކަށް ނުވި ނަމަވެސް މިހާރު އޭނާގެ ހާލަތާއި އޭނާގެ ނަސްލާއި މެދު ދުވަހަކުވެސް މައާފަށް ނޭދޭނެ ކަމަށެވެ. އަދި އިންގްލެންޑު ޖާޒީގައި ގައުމު ތަމްސީލު ކުރަން ފުރުސަތު ލިބުމުން އުފާ ކުރާ ކަމަށެވެ.