ޔުއެއާފާ ޔޫރޯ 2020

ޑެންމާކުގެ މައްޗަށް ފިންލޭންޑުން ކުރި ހޯދައިފި

Jun 13, 2021

ޔޫއެފާ ޔޫރޯ 2020 ގައި ޑެންމާކާއި ފިންލޭންޑް މިރޭ ބައްދަލުކުރި މެޗު 1-0 ގެ ނަތީޖާއިން ފިންލޭންޑް ކާމިޔާބު ކޮށްފި އެވެ.

ގުރޫޕް ބީ ގެ ފުރަތަމަ މެޗު ފެށީ މިރޭ 9:00 ގައެވެ. ނަމަވެސް މެޗުގެ 43 ވަނަ މިނެޓްގައި ޑެންމާކުގެ ތަރި، ކްރިސްޓިއަން އެރިކްސަން ކުއްލި ގޮތަކަށް ހޭނެތިގެން ދަނޑުމައްޗަށް ވެއްޓުމާއި ގުޅިގެން މެޗު މެދުކަނޑާލީ އެވެ. ދިހަވަރަކަށް މިނެޓް ވަންދެން ދަނޑުމަތީގައި ސީޕީއާރު ދިން ނަމަވެސް އޭނާގެ ހާލަތަށް ބަދަލެއް ނައުމުން ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދޭން ފެށިއެވެ. އަދި ދެ ޓީމުގެ މަޝްވަރާއާއެކު ޔޫއެފާއިން ވަނީ މެޗު ފަސްކޮށްފައެވެ.

ފަސް ކުރި މެޗު އަލުން ފަށާފައިވަނީ މިރޭ 11:30 ގައެވެ. ފުރަަތަމަ ހާފްގެ ބާކީ ބައި ކުޅެ ފަސް މިނެޓްގެ ބްރޭކަކަށް ފަހު ދެވަނަ ހާފްގެ ކުޅެ މެޗު ނިމުނީ 1-0 އިން ފިންލޭންޑް މެޗު ކާމިޔާބު ކޮށްގެންނެވެ. ފިންލޭންޑްގެ ލަނޑު ފެނުނީ މެޗުގެ 60 ވަނަ މިނެޓްގައެވެ.

ޕޮޖަންޕަލޯ ޖެހި މި ގޯލާއެކު ފިންލޭންޑުން ވަނީ އެ ގައުމު ވާދަކުރާ ފުރަތަމަ ޔޫރޯގެ ފުރަތަމަ މެޗުން މޮޅުވެ ތާރީހުގެ ތެރެއަށް ވަދަފައެވެ.