ޔުއެއާފާ ޔޫރޯ 2020

ފިންލޭންޑް ބަލިކޮށް ރަޝިޔާ ގުރޫޕްގެ ދެވަނައަށް

ރަޝިޔާ އާއި ފިންލެންޑް ކުޅުނު މެޗުގެ ތެރެއިން --ފޮޓޯ:ހިނދުސްތާން ޓައިމްސް
0%
0%
0%

ޔޫރޯ 2020ގެ ގުރޫޕް ސްޓޭޖުގެ ދެވަނަ މެޗުގައި ފިންލޭންޑް ބަލިކޮށް ގުރޫޕް ބީގެ ތާވަލުގެ ދެވަނަ އަށް ރަޝިޔާ ޖެހިލައިފި އެވެ.

ރަޝިޔާގެ ކްރެސްޓޮވްސީ ސްޓޭޑިއަމްގައި ކުޅުނު މި މެޗުން ރަޝިޔާ މޮޅުވެފައި ވަނީ މެޗުގެ ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި އެ ޓީމުގެ އެލެކްސެއި ޖެހި ލަނޑާއެކު އެކެއް ސުމެއްގެ ނަތީޖާއަކުންނެވެ.

މިމެޗުގައި ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން މޮޅަށް ކުޅުނީ ވެސް ރަޝިޔާ ޓީމުންނެވެ. ދެ ޓީމުންވެސް މޮޅުވަން ނިކުތް މި މެޗުގައި 24 ފައުލެއް ކޮށްފައިވާއިރު ހަތް ރީދޫ ކާޑު ދައްކާފައިވެ އެވެ.

ވާދަވެރި ކުޅުމެއް ފެނުނު މި މެޗުގައި ރަޝިޔާއިން ވަނީ ސާދަ ޝޮޓެއް ފިންލޭންޑްގެ ގޯލަށް ފޮނުވާލާފަ އެވެ. ރަޝިއާ ކޮޅަށް ފިންލެންޑުން ވެސް އެއް ގޯލް ޖެހި އެވެ. ނަމަވެސް ރެފްރީ ވަނީ އެއީ އޮފްސައިޑް ގޯލެއް ކަމަށް ނިންމާފަ އެވެ.

މިރޭގެ މެޗާ އެކު ގުރޫޕު ބީގެ ބެލްޖިއަމް، ރަޝިޔާ އަދި ފިންލޭންޑަށް ވެސް ތިން ޕޮއިންޓް ލިބި ޕޮއިންޓުގެ ގޮތުން ވަނީ އެއްވަރުވެފަ އެވެ. ބެލްޖިއަމަށް ގުރޫޕުގެ އެއްވަނަ ލިބެނީ ފައިދާ ތިން ގޯލާ އެކުގަ އެވެ. ފުރަތަމަ މެޗުން ބަލިވި ނަމަވެސް ދެވަނަ މެޗުން މޮޅުވެ ރަޝިޔާ ގުރޫޕުގެ ދެވަނައިގައި އޮތީ ހޯމް ގޯލް އެޑްވާންޓޭޖް އިންނެވެ. އެހެންކަމުން ތިން ޕޮއިންޓާއެކު ފިންލޭންޑް ގުރޫޕުގެ ތިންވަނައިގައި އޮތްއިރު ޑެންމާކް އޮތީ ޕޮއިންޓެއް ނުލިބި ގުރޫޕުގެ ފުލުގަ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345