ދުނިޔެ

ކަޝްމީރުގައި ހަމަލާއެއް، ޗައިނާގެ ނުރައްކާ ވަކިން ބޮޑު

ކަޝްމީރުގައި ފުލުހުންނަށް އަމާޒުކޮށް ދިން ހަމަލާއެއްގައި ދެ ފުލުހަކާއި އާންމުގެ ތެރެއިން ދެ މީހަކު މަރުވެއްޖެ އެވެ.

ޑައިރެކްޓާ ޖެނެރަލް އޮފް ޕޮލިސް ދިލްބާގް ސިންގް ވިދާޅުވި ގޮތުން ހަމަލާ ދިނީ ފުލުހުންގެ ޓީމަކަށް ގެއްލުން ދިނުމަށެވެ. އޭނާ ވިދާޅުވީ އާންމުމުންގެ ތެރެއިން ގިނަ ބަޔަކަށް އެކިވަރުގެ ގެއްލުންތައް އެ ހަމަލާގައި ލިބިފައިވާ ކަމަށެވެ.

ޖައްމޫ ކަޝްމީރުގެއ ފުލުހުން ބުނީ ފުލުހުންގެ ތެރެއިން އަދި އާންމުންގެ ތެރެއިން އަނިޔާވި މީހުންނަށް ހޮސްޕިޓަލުގައި އެޑްމިޓްކޮށް ފަރުވާ ދެމުން ގެންދާ ކަމަށާއި ހަލާދިން ވަކި ސަބަބެއް ސާފު ނޫން ކަމަށެވެ.

އިންޑިއާއާ ޕާކިސްތާނާ ދެމެދު އުދާސްވެފައި އޮންނަ މި ސަރަހައްދުގައި ދޭތެރެ ދޭތެއިން ހަމަލާތައް ބަދަލު ކުރެ އެވެ. ހަނގުރާމަވެރި ގުރޫޕުތަކުން އަވަށަށް އަރައިގަނެ ފުލުހުންނަށާއި ސަރުކާރުގެ ވެރިންނަށް ހަމަލާ ވެސް ދެ އެވެ.

ޖަންމޫ ކަޝްމީރުގައި ދެތިން މީހަކު މަރާލުން އެއީ އާދައިގެ ކަމެކެވެ. އެހެން ނަމަވެސް ދުނިޔޭގެ ބާރުގަދަ ގައުމުތަކުން ވެސް ގޮތެއް ނިންމަން ޖެހިފައި އޮތް މި ސަރަހައްދުގައި ހަވަޔަށް ބަޑިއެއް ޖެހުން ވެސް ބޮޑު މައްސަލަކަށް ހަދަ އެވެ.

އިންޑިއާއާ ޕާކިސްތާނަށް ސަރަހައްދީ އަދި އަވަށްޓެރި އެކުވެރިން ގޮތުގައި ނުތިބެވިގެން ވެސް އުޅޭނީ ޖަންމޫ ކަޝްމީރާ ހެދި އެވެ. އިންޑިއާއިން މިހާރު ބުނާ ގޮތުން ޕާކިސްތާނަށް ވުރެ ޗައިނާގެ ނުރައްކާ އިންޑިއާއަށް ބޮޑެވެ. ބުނެވޭ ގޮތުގައި ޗައިނާއިން ވެސް އަންނަނީ ކަޝްމީރުން ފަހަރަކު ތަންކޮޅެއް ނޮޅައި އަމިއްލަ ކުރަމުންނެވެ.