ގަތަރު އެއާވޭސް

ގަތަރު އެއާވޭސްއަށް ރާއްޖެއަށް ބާއްވާ ފްލައިޓް އިތުރު ކުރަނީ

Jun 13, 2021

ރާއްޖެއަށް އެންމެ ގިނަ ޓޫރިސްޓުން ގެންނަ ގަތަރު އެއާވޭސް އިން ރާއްޖެއަށް ބާއްވާ ފްލައިޓުގެ އަދަދު އިތުރު ކުރަން ނިންމައިފި އެވެ.

ރާއްޖެއަށް އެންމެ ގިނަ ޓޫރިސްޓުން ގެނެސްދޭ އެއް ފްލައިޓް ކަމަށްވާ ގަތަރު އެއާވޭސް އިން ބުނީ އަންނަ މަހުގެ އެއްވަނަ ދުވަހުން ފެށިގެން ރާއްޖެއަށް ދުވާލަކު ހަތަރު ފްލައިޓް ބާއްވަން ނިންމާފައިވާ ކަމަށެވެ.

މެދުއިރުމަތީގެ އެންމެ ފެންވަރު ރަނގަޅު އެއް އެއާޕޯޓު ކަމަށްވާ ހަމްދާން އިންޓަނޭޝަނަލް އެއާޕޯޓުން ރާއްޖެއަށް ބާއްވާ މި ފްލައިޓްތައް އޮންނާނީ ކޮވިޑް-19 އިން ރައްކާތެރިވުމަށްޓަކައި ގަތަރު އެއާވޭސް އިން އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތަކާ ވެސް އެކުގަ އެވެ.

ގަތަރު އެއާވޭސްއަކީ ސްކައި ޓްރެކްގެ ފައިވްސްޓާ ކޮވިޑް-19 ސްޓޭންޑަޑް ގާއިމް ކޮށްފައިވާ އެއާލައިން އެކެވެ.

ރާއްޖޭގެ ޓޫރިޒަމް މިނިސްޓްރީން ބުނެފައިވާ ގޮތުގައި ނުވަ ޗާޓަރާއެކު ރާއްޖެއަށް މިހާރު 28 އެއާލައިނެއް ދަތުރެ އެވެ.