ޔުއެއާފާ ޔޫރޯ 2020

ނެދަލޭންޑުން ޔޫކުރޭންގެ މައްޗަށް ކުރި ހޯދައިފި

Jun 14, 2021

ޔޫރޯ ފުޓުބޯޅަ މުބަރާތުގެ ގްރޫޕް ސީގެ ދެވަނަ މެޗުގައި ނެދަލެންޑާއި ޔުކުރެއިން ބައްދަލު ކުރި ވާދަވެރި އަދި ވަރަށް ފޯރިގަދަ މެޗް 3-2 ނެދަލޭންޑްސް ކާމިޔާބުކޮށް ތިން ޕޮއިންޓް ކަށަވަރުކޮށްފި އެވެ.

ފުރަތަމަ ހާފު ދެ ގައުމުން ވެސް ނިންމާލީ ވަރަށް ވާދަވެެރި އަދި ލަނޑު ޖަހާނެ ގިނަ ފުރުސަތެއް ހޯދި ރީތި ފުޓްބޯޅައެއް ކުޅުމަށް ފަހު އެވެ. ހާއްސަކޮށް ނެދަލޭންޑުން ގިނަ އިރު ބޯޅަ ކުޅެ ގިނަ ހަމަލާތަކެއް އުފެއްދި އެވެ.

ދެވަނަ ހާފު ފަށައިގެން ވެސް މެޗުގައި ރަނގަޅަށް ކުޅެމުން ގެންދިޔައީ ނެދަލޭންޑްސް އެވެ. މެޗުގެ ފުރަތަމަ ލަނޑު ނެދަލޭންޑުން ޖާހާފައި ވަނީ 52 ވަނަ މިނެޓްގައި ކެޕްޓަން ވައިނަލްޑަމް އެވެ. އޭނާ ޖަހާ ފައި ވަނި ވަރަށް ރީތި ލަނޑެކެވެ.

އޭގެ ފަހުން ވެސް މެޗް ރަނގަޅަށް ކޮންޓްރޯލް ކޮށްގެން މޮޅަށް ކުޅެމުން ދިޔައީ ނެދަލޭންޑެވެ. އެ ގައުމުން ދެވަނަ ލަނޑެއް ޖެހީ ވޭހޯސްޓެވެ. ދެވަނަ ލަނޑަށް ފަހު ޔުކުރޭން ފެނުނީ ރޭވުންތެރިކަން ކުޑަވެފައި ވުމުގެ އިތުރުން ވަރަށް ބޮޑަށް ރޫޅިފައި ވަނި ކޮށެވެ. އެއާ ހިލާފަށް ނެދަލޭންޑްގެ ހަމަލާތައް އިތުތުރަށް ވަރުދަ ވެސް ވި އެވެ.

ހަމައަކަށް އެޅިގެން ފަހަތުން އަރައި ޔުކުރޭނުން ލަނޑެއް ޖެހީ މެޗުގެ 75 ވަނަ މިނެޓްގައި ކެޕްޓަން އެންދުރޭ ޔާމަލެންކޯ އެވެ. އޭނާ ޖަހާފައި ވަނީ ވަރަށް ހިތްގައިމު މޮޅު ލަނޑެކެވެ. އޭގެ ފަހުން ޔޫކުރޭނަށް ލަނޑު ޖަހާނެ އިތުރު ފުރުސަތުތައް ވެސް ތަނަވަސްވި އެވެ. ދެވަނަ ލަނޑެއް ޖަހައި ނަތީޖާ ހަމަކޮށް ދިނީ 79 ވަނަ މިނެޓްގައި ރޯމާން ޔާމަޗުކް އެވެ.

ނޭދަލޭންޑްސް މޮޅުކޮށް ދިން ލަނޑު ޖަހައި ލީޑް ނަގައި ދަނީ ހިލޭ ޖެހުމެއްގައި އަކޭ ހުރަސް ކޮށްލުމުން ޑެންޒަލް ޑަމްފްރޭސް މެޗްގެ 85 ވަނަ މިނެޓްގަ އެވެ، މެޗުގައި އޭނާ ވަނީ ފުރުސަތުތަކެއް ނަގައިވެސް ލާފަ އެވެ.