މަސްތުގެ ހާލަތުގައި ތިބި ކަަމަށް ތުހުމަތު ކުރެވޭ 15 މީހަކު މިސްކިިތްތަކުން ހައްޔަރުކޮށްފި އެވެ.
ފުލުހުން މިއަދު ބުނީ މަސްތުވާތަކެތި ބޭނުންކުރުމުގެ ކުށުގެ ރެކޯޑް އޮތް އަދި ކުށުގެ ވެށީގައި އުޅޭ މީހުންގެ ތެރެއިން ބޭނުމެއް ނެތި މިސްކިތަށް ވަދެ އަދި މަސްތުގެ ހާލަތުގައި ތިބި ކަަމަށް ތުހުމަތު ކުރެވޭ 15 މީހަކު ރޭގެ ވަގުތެއްގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށެވެ.
މި މީހުންގެ ބަންދާމެދު ގޮތް ނިންމަން ކޯޓަށް ހާޒިރު ކުރުމުން ހަތް މީހަކު ރިމާންޑް ސެންޓަރުގައި 15 ދުވަހަށް ބަންދު ކުރުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ. އަދި 8 މީހަކު ކަސްޓޯޑިއަލް ޖަލެއްގައި ތިން ދުވަހު ބަންދުކޮށްފައި ބޭތިއްބުމަށް ވަނީ އަމުރުކޮށްފައެވެ.
ފުލުހުން ބުނީ މި މީހުންގެ މައްސަލަތައް ތަހުގީގު ކުރަމުންދާ ކަމަށެވެ.
މަސްތުގެ ހާލަތުގައި ތިބި ކަަމަށް ތުހުމަތު ކުރެވޭ 15 މީހަކު މިސްކިިތްތަކުން ހައްޔަރުކޮށްފައިވާއިރު ލޮކްޑައުންގެ މި ހާލަތުގައި މަސްތުގައި ޖެހިފައިވާ ބައެއް މީހުން މިސްކިތްތަކަށް ވަދެ މަސްތުވާތަކެތި ބޭނުންކޮށް މިސްކިތުގައި ނިދާ އެތަން ގޮނޑު ކުރާ އެތައް މައްސަލަތަކެއް ވަނީ ފެންމަތިވެފައެވެ.