މޯލްޑިވްސް ޕޮލިސް ސާވިސް

މަސްތުވާން މިސްކިތަށް އެރި މީހަކު ހައްޔަރު ކޮށްފި

މަސްތުގެ ހާލުގައި ހުރި މީހަކު މާލޭގެ ވިޔަފާރިވެރިންގެ މިސްކިތް ތެރެއިން ހުއްޓުވައި ހައްޔަރު ކޮށްފި އެވެ. މީގެ ކުރިން ވެސް އެ މިސްކިތް ތެރެއިން ޑުރަގާއެކު މީހަކު ހައްޔަރު ކޮށްފައި ވެއެވެ.

ފުލުސް އިދާރާއިން މިއަދު ބުނީ އަމީނީ މަގުގައި ހުންނަ ވިޔަފާރިވެރިންގެ މިސްކިތް ތެރޭ މަސްތުގެ ހާލުގައި ހުރި ކަމަށް ތުހުމަތުވި މީހަކު ހައްޔަރު ކޮށްފައިވާ ކަމަށާއި އެމީހާ ހައްޔަރު ކޮށްފައި ވަނީ ރޭ ދަންވަރު 1:35 އެހާކަންހާއިރު ކަމަށެވެ. މިސްކިތް ތެރެއިން ހައްޔަރު ކޮށްފައި ވަނީ 34 އަހަރުގެ ދިވެހި ފިރިހެނެކެވެ.

އަވަސް އަށް އެނގިފައިވާ ގޮތުގައި އެ މީހާ މަސްތުގެ ހާލުގައި މިސްކިތުގައި ނިދާފައި އޮއްވާ އާންމުންގެ ބަޔަކު ގޮސް އޭނާ ނަގައި ހުއްޓުވައި ފުލުހުންނާ ހަވާލު ކުރީ އެވެ. ފުލުހުން ބުނެފައި ވަނީ އެ މީހާގެ މައްސަލަ އިތުރަށް ބަލައި ތަހުގީގެއް ފަށާފައިވާ ކަމަށެވެ.

މަސްތުގެ މީހަކު، މާފަންނު، ވިޔަފާރިވެރިންގެ މިސްކިތުން ރޭ ހައްޔަރު ކުރި އިރު މިދިއަ ހޯމަ ދުވަހު ވެސް ފުލުހުން ވަނީ މަސްތުގެ ހާލަތުގައި ތިބި ކަަމަށް ތުހުމަތުވި 15 މީހަކު މާލޭގެ އެކި މިސްކިިތްތަކުން ހުއްޓުވައި ހައްޔަރު ކޮށްފަ އެވެ.

ކޮވިޑް-19 އާ ގުޅިގެން ފަހަކަށް އައިސް މާލޭގައި ކާފިއު ހިންގާ މިސްކިތްތަކުގައި ޖަމާއަތް ހަދައިގެން ނަމާދު ކުރުން ހުއްޓާލުމުން މިސްތަކުގައި މަސްތުވާތަކެތި ބޭނުން ކުރުމާއި ވިޔަފާރި ކުރުމާއި ނިދުން ފަދަ ކަންކަން ހިނގަމުންދެ އެވެ. އަދި އެކަމާ އާންމު ރައްޔިތުން ނުރިހިފައި ވެއެވެ.