ސްވިޑެން

ސްޕެއިނާއި ސުވިޑުން ފުއްދާލީ ޕޮއިންޓަކުން

Jun 15, 2021

ޔޫރޯ ފުޓްބޯޅަ މުބާތުގެ ގްރޫޕް އީގެ ދެވަނަ މެޗުގައި މިރޭ ސުވިޑަން އާއި ސެޕެއިން ވާދަކޮށް 0-0 އިން އެއްވަރުވެ ދެ ގައު،މު ޕޮއިންޓަކުން ފުއްދާލައިފި އެވެ.

މެޗް ފަށައިގެން ފެނިގެން ދިޔައީ ސްޕެއިންގެ ކޮންޓްރޯލް ނަގައި ކުޅެމުން ދިޔަ ތަނެވެ. ސްވިޑުން ފެނުނީ ޑިފެންސިވް ގޭމެއްގައި ކުޅެ، ކައުންޓާ އެޓޭކަށް އިސްކަންދީފައި އޮތް ތަނެވެ.

ލަނޑެއް ނުޖެހި ފުރަތަމަ ހާފު ނިންމާލަން ޖެހުނު އިރު ލަނޑު ޖަހާނެ ގިނަ ފުރުސަތުތަކެއް ސްޕެއިންނަށް ލިބިފައި ވެއެވެ، އޭގެ ތެރޭގައި މޮރާޓާއަށް ލިބި ބޭރަށް ޖެހި ހުސް ފުރުސަތު ހިމެނެ އެވެ. އެ ހާފުގައި ސްވިޑެންގެ ކީޕަރު ވަނީ ރަނގަޅު ސޭވްތަކެއް ކޮށްފަ އެވެ.

ފުރަތަމަ ހާފުގައި ސްވިޑެން އަށް އުފެއްދުނީ ދެ ހަމަލާއެކެވެ. އޭގެ ތެރެއިން އެއް ހަމަލާގައި ސްޕެއިން ސަލާމަތްވީ ސްވިޑެންއަށް ނަސީބު އެހީ ނުވުމުންނެވެ. ސްވިޑެންގެ އިސާކް ފޮނުވާލި ބޯޅަ ސްޕެއިން ކުޅުނެތެރިއަކުން ބައިކޮޅަށް ވަންނަން ގޮސް ދަނޑީގައި ޖެހިފައި ބޯޅަށް ވެއްޓުނީ ކީޕަރުގެ އަތަށެވެ.

ދެވަނަ ހާފުގައި ވެސް ފެނުނީ ވަރަށް ބޮޑަށް ޓެކްޓިކަލް ފުޓުބޯޅައެކެވެ. ދެ ޓީމަށް ހާއްސަކޮށް ސްޕެއިނަށް ލަނޑު ޖަހާނެ ގިނަ ފުރުސަތުތަކެއް ތަނަވަސްވި އެވެ. ނަމަވެސް ނިމުމީ ފުރުސަތުތައް ބޭކާރު ވެގެނެވެ.