ކުޅިވަރު

ސްލޮވާކިއާ ބަލިކޮށް ސްވިޑެން ގްރޫޕުގެ އެއްވަނައަށް

ސްލޮވާކިއާ ބަލިކޮށް ސްވިޑެން ގްރޫޕު އީގެ އެއް ވަނައަށް އަރައިފި އެވެ. މި މެޗުން ސްވިޑެން މޮޅުވީ 1-0 ގެ ނަތީޖާ އަކުންނެވެ.

މިރޭ ކުޅުނު މެޗުގައި ސްވިޑެން އިން ގޯލު ޖަހާފައި ވަނީ މެޗުގެ 77 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީ އަކުންނެވެ. މި ގޯލު ސްވިޑެންއަށް ކާމިޔާބު ކޮށްދިނީ އެ ޓީމުގެ މިޑްފިލްޑަރު އެމިލް ފޯސްބާގް އެވެ.

ސްވިޑެން މިރޭގެ މެޗުން މޮޅުވި ނަމަވެސް ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅެފައި ވަނީ ސްލޮވާކިއާ އިންނެވެ. ސްވިޑެން އިން ސްލޮވާކިއާ ގޯލަށް އަމާޒުކޮށް ހަތަރު ހަމަލަ ފޮނުވާލާފައިވެ އެވެ. ނަމަވެސް ސްލޮވާކިއާއަށް ސްވިޑެންގެ ކީޕަރު ޓެސްޓު ކޮށްލެވޭ ގޮތްވެސް ވަނީ ނުވެފަ އެވެ.

ކްރެސްޓޮވްސްކީ ސްޓޭޑިއަމްގައި ކުޅުނު ފޯރިގަދަ މި މެޗުގައި ދެ ޓީމުންވެސް ގިނަ އަދަދެއްގެ ފައުލު ކޮށްފައިވެ އެވެ. އެގޮތުން މި މެޗުގައި ވަނީ ހަތަރު ރީންދޫ ކާޑު ދައްކާފަ އެވެ.

މިއާއެކު ސްވިޑެންއަށް ގްރޫޕުގެ އެއްވަނަ ލިބެނީ މިރޭގެ މެޗުން މޮޅުވެ، ސްޕެއިން މެޗުން އެއްވަރު ވުމުން، ލިބުނު ހަތަރު ޕޮއިންޓާއި އެކުގަ އެވެ. ސޮލްވާކިއާ ދެވަނައިގައި އޮތީ ތިން ޕޮއިންޓު ލިބިގެންނެވެ. އެއީ ޕޮލެންޑައި އެކު ކުޅުނު ފުރަތަމަ މެޗުން މޮޅުވެގެންނެވެ. އެއް ޕޮއިންޓާއެކު ސްޕެއިން އޮތީ ތިން ވަނައިގަ އެވެ. ޕޮއިންޓެއް ނުލިބި ޕޮލެންޑް އޮތީ ގްރޫޕުގެ ފުލުގަ އެވެ.