ގައުމީ ފުޓްބޯޅް ޓީމް

ރާއްޖެ-ފިލިޕީންސް މެޗު އެއްވަރު

Jun 15, 2021

ވޯލްޑް ކަޕް ކޮލިފިކޭޝަންގައި ރާއްޖެ އާއި ފިލިޕީންސް ބައްދަލު ކުރި މެޗު އެއްވަރު ވެގެން ނިމިއްޖެ އެވެ.

މެޗު ނިމުނީ 1-1 އިންނެވެ. ދެ ޓީމުގެ ފަަރާތުންވެސް ހަމަހަމަ ކުޅުމެއް ފެނިގެންދިޔަ މެޗުގައި ފުރަތަމަ ގޯލް ޖަހާ ކުރި ހޯދީ ފިލިޕީންސް އިންނެވެ. މެޗުގެ 19 ވަނަ މިނެޓްގައި އެ ގޯލް ޖެހީ ގިރާލްޑޯއެވެ. މެޗުގައި ރާއްޖެއިން ޖެހި ގޯލަކީ އަލީ ފާސިރު (ސެންޓޭ) ޖަހައިދިން ގޯލެކެވެ. ރާއްޖޭގެ ގޯލް ފެނުނީ މެޗުގެ 25 ވަނަ މިނެޓްގައެވެ.

މެޗުގައި ދެ ޓީމަށްވެސް އިތުރު ގޯލް ޖަހަން ރަނގަޅު ފުރުސަތު ލިބުނެވެ.

މި މަހުގެ 12 ވަނަ ދުވަހު ރާއްޖެ ޗައިނާ ކުޅުނު މެޗު ނިމުނީ 5-0 އިން ރާއްޖެ ބަލިވެގެންނެވެ.

ރާއްޖެ ދެން ވާދަކުރާނީ އޭޝިޔަން ކޮލިފިކޭޝަންގައެވެ.