ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19

ލާމް ފެސިލިޓީ: ކޮވިޑްގައި މީހަކު މަރުވެއްޖެ

Jun 16, 2021

ކޮވިޑް-19 އަށް ފަރުވާ ހޯދަމުން އަައި އިތުރު މީހަކު މަރުވެއްޖެ އެވެ.

އެޗްޕީއޭ އިން ބުނީ އުމުރުން 59 އަހަރުގެ ދިވެހި އަންހެނަކު މަރުވެފައިވާ ކަމަށެވެ. އެ މީހާ މަރުވީ ލ. ފެސިލިޓީގައި ފަރުވާ ހޯދަމުން ދަނިކޮށް ރޭ 9:23 ހާއިރު އެވެ. މިއީ ރާއްޖޭގެ 199 ވަނަ ކޮވިޑް މަރެވެ.

ކޮވިޑް ޖެހެގެން މަރުވާ މީހުންގެ ނިސްބަތް މިދިޔަ މަހާ އަޅާ ބަލާއިރު މި މަހު މަދެވެ. މިދިޔަ މަހު 88 މީހަކު ވަނީ ބަލި ޖެހެގެން މަރުވެފަ އެވެ.