ކަނޑުމަތީގެ ހާދިސާ

ކިނޮޅަހަށް ވަން ތެޔޮ ބޯޓެއް ތޮށިގަނޑުގައިޖެހި ގެއްލުން ވެއްޖެ

ރ. ކިނޮޅަހު ބަނދަރަށް ވަން ތެޔޮ ބޯޓެއް ކޮންޓްރޯލު ނުވެގެން ގޮސް ބަނދަރުގެ ތޮށިގަނޑުގައި ޖެހި ގެއްލުންތައް ލިބިއްޖެ އެވެ. މި ހާދިސާގައި މީހަކަށް ގެއްލުމެއް ނުވެއެވެ،

ކިނޮޅަހު ކައުންސިލްގެ ރައީސް އަހުމަދު ހުސެން ވިދާޅުވީ މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ 12:10 އެހާ ކަންހާ އިރު ހޮކްސް ޕްރައިވެޓް ލިމިޓަޑްގެ ތެޔޮ ބޯޓެއް އެރަށު ބަނދަރަށް ބާރު ސްޕީޑެއްގައި ވަދެ ތޮށިގަނޑުގައި ޖެހި ގެއްލުން ތަކެއްވ ލިބުނު ކަމަށެވެ.

"އެރޭ ބަނދަރަށް ވަތް ހޮކްސް ފީރޯޒް ނަމަކަށް ކިޔާބޯޓެއް. ގާތްގަނޑަކަށް 90 މީޓަރު ދިގުމިނުގެ ބޮޑު ދަގަނޑު ބޯޓެއް. އެ ބޯޓު ބަނދަރަށް ވަދެ ކޮންޓްރޯލުން ނައްޓާގެން ތޮށިގަނޑުގައި ޖެހި ތޮށިގަނޑުގެ ތިން ތަނަކަށާއި ދޯންޏަކަށް ވަރަށް ބޮޑެތި ގެއްލުން ލިބުނު. އަދި ކައުންސިލަށް އެކަން އިންގުމުން ބޯޓު ފުރުމަށް މަނާކުރިން އަދި މައްސަލަ ބަލަން ފުލުހުންނަށް އެންގިން،" ހުސެން ވިދާޅުވި އެވެ.

ހުސިން ވިދާޅުވީ މިމައްސަލަ ފުލުހުންނަށް އެރޭ ހުށަހަޅާފައިވާ އިރު އެކަމާގުޅިގެން ހޯކްސް ކުންފުނިން ބަޔާން ނަގައި ލިބުނު ގެއްލުމުގެ ބަދަލު އެކުންގުނިން ދޭ ގޮތަށް މިހާރު ހަމަޖެހިފައިވާ ކަމަށެވެ. އަދި އެތެޔޮ ބޯޓަކީ އިތުރު ތިން އަތޮޅަކަށް ތެޔޮ ފޯރުކޮށްދޭ ބޯޓަކަށް ވުމުން ޖެހިގެން އައި ދުވަހު ބޯޓު ފުރިކަމަށް އޭނާ ވިދާޅުވި އެވެ.

ކިނޮޅަހުގައި މި ހާދިސާ ހިނގާފައިވާ އިރު މީގެ ދުވަސް ކޮޅެއް ކުރިން ވަނީ އެރަށުގެ ކައުންސިލް ތިޖޫރީ ފަޅާލާފަ އެވެ.