ބޭންކް އޮފް މޯލްޑިވްސް

އިތުރު ފީޗާތަކާއެކު ބީއެމްއެލުން އާ އެޕެއް

Jun 16, 2021
2

ބީއެމްއެލްގެ މޮބައިލް ބޭންކިންގެ އެޕްލިކޭޝަން (މޮބައިލް އެޕް) އަށް ބޮޑެތި ބަދަލު ތަކެއް ގެނެސް އާ ހިދުމަތްތަކަކާއެކު ތައާރަފު ކުރާން ތައްޔާރު ވެއްޖެ އެވެ.

ބީއެމްއެލް އިން ބުނީ ކުރިއަށް އޮތް މަދު ދުވަސްތަކެއްގައި ބީއެމްއެލް ގެ އައު އެޕް އާންމުންނާ ހަމަޔަށް އަންނާނެ ކަމަށެވެ. މިއީ ކަސްޓަމަރުންނަށް ފޯރުކޮށްދޭ ހިދުމަތްތައް އިތުރަށް ފުރިހަމަކޮށް އެންމެ ޒަމާނީ ޓެކްނޮލަޖީއާއެކު ބޭންކިން ހިދުމަތް ފަސޭހަކަމާއެކު ފޯރުކޮށްދިނުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން ކުރެވިގެންދާ މުހިންމު މަސައްކަތެއް ކަމަށެވެ.

އެ ބޭންކުން ބުނީ މި ބަދަލުތަކާއެކު މިހާރަށްވުރެ ފަސޭހަކަމާއެކު ބޭންކިން ހިދުމަތް ހޯދޭނެ ކަމަށެވެ. އަދި ކަސްޓަމަރުން ބޭނުންވާ ފަދަ މުހިންމު ބަދަލު ތަކެއް އެޕް އިން ފެނިގެން ދާނެ އެވެ.

ބޭންކުގެ އެންމެ ބޮޑު އަމާޒަކީ ހިދުމަތްތައް ޑިޖިޓަލްކޮށް، ލުއިފަސޭހަ ކަމާއެކު ހިދުމަތް ދިނުމަށާއި ކަސްޓަމަރުން ކޮންމެތާކު ހުރެގެންވެސް ބޭންކިންގ ހިދުމަތް ހޯދެނޭގޮތް މަގުފަހިކޮށްދިނުން.

ބީއެމްއެލް އަކީ އެންމެ ފުުރަތަމަ ރާއްޖެ އަށް މޮބައިލް ބޭންކިން ތައާރަފް ކުރި ބޭންކް އެވެ. ބީއެމްއެލް އިން މޮބައިލް ބޭންކިން ތައާރަފްކޮށްފައިވަނީ 2015 ވަނަ އަހަރު އެވެ.