ހައިކޯޓް

ހާމިދު ސޭޓް ބަންދުގައި ބަހައްޓަން ހައިކޯޓްން ތާއީދުކޮށްފި

"ފިނިފެންމާ"ގައި ރައީސް އަބްދުﷲ ޔާމީން އަވަހާރަކޮށްލަން ބޮން ގޮއްވައިގެން ދިން ހަމަލާގެ ތުހުމަތަކުގެ ތަހުގީގުގެ ތެރެއިން ހައްޔަރުކުރި ހާމިދު އިސްމާއިލް (ގަލްފް ކްރާފްޓް) ހާމިދު ބަންދުގައި ބަހައްޓަން ކްރިމިނަލް ކޯޓުން ދިން މުއްދަތުގެ އަމުރަށް ހައިކޯޓުން މިއަދު ތާއީދުކޮށްފި އެވެ.

ހާމިދު މެލޭޝިޔާގައި ހުންނެވުމަށްފަހު ރާއްޖެ ވަަޑައިގަތުމުން މި ތަހުގީގުގެ ތެރެއިން ހައްޔަރު ކުރީ ރައީސުލްޖުމްހޫރިއްޔާ އަށް ނިސްބަތްކޮށް ވައިބާ މެދުވެރިކޮށް އިންޒާރުންދިން ކަމުގެ ތުހުމަތުގައި ކަމަށް ވެއެވެ.

ހާމިދަކީ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ ބޭބެއެކެވެ. މި ތަހުގީގުގެ ތެރޭގައި ހާމިދު ދިރިއުޅުއްވާ މ. ޝުރާމަންޒިލްވެސް ވަނީ ތިން ފަހަރެއްގެ މަތިން ބަލައި ފާސްކޮށްފަ އެވެ.