ހަބަރު

ހާމިދު ސޭޓުގެ ބަންދަށް 15 ދުވަސް

Nov 1, 2015

ރައީސް ދަތުރު ކުރެއްވި "ފިނިފެންމާ" ލޯންޗުކޮޅުގައި ބޮމެއް ގޮއްވާލި ހާދިސާގެ ތަހުގީގަށް ހައްޔަރުކުރި ހާމިދު އިސްމާއީލް (ހާމިދު ސޭޓް) ގެ ބަންދަށް 15 ދުވަސް ކްރިމިނަލް ކޯޓުން ޖަހައިފިއެވެ.

އިއްޔެ ރޭ ރާއްޖެ ގެނެސް ހައްޔަރު ކުރި ހާމިދުގެ ބަންދަށް ބަންދަށް 15 ދުވަސްޖެހީ މިރޭގަ އެވެ.

ހާމިދަކީ ނައިބު ރައީސް އަހްމަދު އަދީބު އާއިލީ ބޭބެއެކެވެ. އޭނާ ހައްޔަރުކޮށްފައި ވަނީ މެލޭޝިއާ އިންނެވެ. އޭނާ ހައްޔަރު ކުރުމުގެ ކުރިން ފުލުހުން ވަނީ ތިން ފަހަރެއްގެ މަތިން ހާމިދު އުޅުއްވާ މ. ޝުރާމަންޒިލް ބަލައިފާސްކޮށްފަ އެވެ.