ދުނިޔެ

ޗައިނާގެ ޖައްވީ ފަޅުވެރިން ފުރައިފި

ޗައިނާއިން ޖައްވީ ސްޓޭޝަން ބިނާކުރަން ފަޅުވެރިން: އިންޖިނޭރުން ގޮވައިގެން ފުރަނީ
0%
0%
0%

ޗައިނާއިން ޖައުވުގައި މުޅިން އަލަށް ބިނާ ކުރާ މަސައްކަތައް ފުރިހަަމަ ކުރުމަށް ޖައްވީ މަސައްކަތްތެރިން ގޮވައިގެން ރޮކެޓް ނައްޓާލައިފި އެވެ. މި ދަތުރުގައި ބިމުން އުފުލާފައި ވަނީ ތިން ފަޅުވެރިންންވެ.

މި ދަތުރުގައި ޗައިނާ ފަޅުވެރިން ޖައްވުގައި 380 ކިލޯމީޓަރު އުހުގައި ތިންމަސް ދުވަސް ހޭދަ ކުރާނެ އެވެ. މިއީ ޗައިނާއިން އެންމެ ގިނަ ދުވަސް ވަންދެން ޖައްވުގައި އިންސާނުން ބޭތިއްބުމަށް ރާވާފައި އޮތް ޕްރޮގްރާމެވެ.

ޖައްވީ ފަޅުވެރިން ކަމަށް ބުންޏަސް ތިން މީހުންނަކީ ވެސް ތަޖުރިބާކާރު ތިން އިންޖިނޭރުންނެވެ. ޖައްވީ ތަމްރީންތައް ބަރާބަަރަށް ހަދައި ޖައްވުގައި ބިޔަ ސްޓޭޝަނެއް ބިނާ ކުރާނެ ގޮތްފޮތް ދަންނަ ކޮމާންޑަރުންނެވެ.

ޖައްވީ ސްޓޭޝަން ބިނާ ކުރަން ދާ އިންޖިނޭރުން ބިއްލޫރިގަނޑެއްގެ ފަހަތުގައި ނޫސްވެރިންނަށް މައުލޫމާތު ދެނީ

އިންޖިނޭރުންގެ އަސާސީ މަސައްކަތަކަށް ވާނީ ޖައްވީ ސްޓޭޝަނަށް ދިރުން ގެނައުމެވެ. އިންސާނުން ބިމުން ފުރައިގެން ގޮސް ސްޓޭޝަން ކުރަން ރައްކާތެރި ބަނދަރަކަށް ހެދުމެވެ. ޗައިނާއިން ޖައްވުގައި މިހާރު ބިނާ ކުރަމުން ގެންދާ މޮޑިއުލްގެ ބަރުދަނަކީ 22.5 ޓަނެވެ.

ޗައިނާއިން މީގެ ކުރިން ޖައްވީ މަސައްކަތްތައް ކުރަމުން ގެންގޮސްފައި ވަނީ ސިއްރިއްޔާތުގަ އެވެ. އެހެނެ ނަމަވެސް މިފަހުން މަސައްކަތްތަކާ ގުޅޭ މައުލޫމާތު މީޑިއާއަށް ހާމަކޮށް އަދި ވަަރަށް ސާފު ފޮޓޯތައް އާންމުންނަށް ލިބޭނޭ ގޮތް ވަނީ ހަދާފަ އެވެ.

ޗައިނާއިން މިހާރު އަމާޒު ހިފަނީ ހަނދަށް ދަތުރުފަތުރު ކުރުން ފަސޭހަ ކުރުމަށާއި މާސްއަށް އިންސާނަކު ފޮނުވަން މަގު ފަހި ކުރުމަށެވެ. ދުނިޔޭގެ ގައުމުތަކުގެ މެދުގައި ޖައްވީ ވާދަވެރިކަން ބޮޑުވެ ކުރިއަރައިގެން ދާއިރު ބަލަހައްޓައިގެން ތިބުމުގެ ބަދަލުގައި ޗައިނާއިން މަސައްކަތް ކުރަނީ ކޭކުން ފޮތިވަރެއް އަތުލައިގަތުމަށެވެ.

1 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345