ދުނިޔެ

ސްޕޭސްއެކްއިން 2026 ގައި މާސްއަށް ފުރާނެ: އީލޮން މަސްކް

އީލޮން މަސްކް -- އިންސާނުން މާސްއަށް ވޮނުވޭނެ ކަމަށް ބޮޑަށް ބެލެވެނީ 2031 ގައި ކަމަށް ވިދާޅުވި
0%
0%
0%

އީލޮން މަސްކް ޖައްވީ ކުންފުނި ސްޕޭސްއެކްސްގެ އުޅަނދު ސްޓާޝިޕް 2026 ގައި މާސްއަށް ފުރާނެ ކަމަށް އޭނާ ވިދާޅުވެއްޖެވެ.

އަންނަ އަހަރު ފަހުކޮޅު އޮންނަ މި ދަތުރުގައި މާސްއަށް ފޮނުވަން ހަމަޖައްސާފައި ވަނީ އިންސާނުން ނަކަލުކޮށްގެން އުފައްދާފައިވާ ރޮޕޮޓް އޮޕްޓިމަސް ކަމަށް މަސްކް ވިދާޅުވި އެވެ.

މަސްކް ވިދާޅުވި ގޮތުން މި ދަތުރުގެ ކާމިޔާބަށް ބަލައި، 2029 ގައި މާސްއަށް އިންސާނުން ފޮނުމުގެ ތައްޔާރީތައް ފަށާނެ ކަމަށެވެ. އޭނާ އަދި ވިދާޅުވީ އިންސާނުން މާސްއަށް ވޮނުވޭނެ ކަމަށް ބޮޑަށް ބެލެވެނީ 2031 ގައި ކަމަށެވެ.

އިންސާނުން މާސްއަށް ފޮނުވުމަކީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ރިޔާސީ ވައުދެކެވެ. އޭނާއަށް މި ވައުދު ފުރިހަމަކޮށްދެއްވާނީ ވިޔަފާރިވެރިޔާ އީލޮން މަސްކް އެވެ. މަސްކް އަކީ ޓްރަމްޕް ސަރުކާރުގެ ނުފޫޒުގަދަ ބައިވެރިއެއް ވެސް މެއެވެ.

ޓްރަމްޕް ވިދާޅުވި ގޮތުން ހުރިހާ ރަނގަޅު ކަމެއްގެ ފަހަތުގައި އެމެރިކާ އޮންނާނެ އެވެ. އެމެރިކާ އަކީ އިންސާނިއްޔަތަށް ދޮރޯއްޓެއް ކަމަށް ހައްދަަވާނެ ކަމަށްވެސް ވިދާޅުވި އެވެ.

ދުނިޔޭގައި ވަކި ކަމަކަށް އަރާހުރި މީހަކު ހުރި ނަމަ އޭނާއަށް އެމެރިކާގެ ރައްޔިތުކަން ދިނުމާ މެދު ވިސްނަވާނެ ކަމަށްވެސް ޓްރަމްޕް ވިދާޅުވި އެވެ. ބޭނުމެއް ކަމަށް އޭނާ ވިދާޅުވީ ފަންނުތަކަށް މަޝްހޫރު ހުރިހާ މީހުން އެމެރިކާއަށް ގެންދިއުން ކަމަށެވެ.

Send us your opinion
Sign in or register to be part of avas community
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345