ދުނިޔެ

މަސްކްގެ މަސައްކަތްތަކަށް ހަމަ ސަތޭކަ، އެކަމަކު ތަންކޮޅެއް ހަރުކަށިވާން ޖެހޭ: ޓްރަމްޕް

އީލޮން މަސްކް: މަސްކްގެ މަސައްކަތްތަކަށް ހަމަ ސަތޭކަ ނަމަވެސް، ތަންކޮޅެއް ހަރުކަށިވާން ޖެހޭ ކަމަށް ޓްރަމްޕް ވިދާޅުވި
0%
0%
0%

އެމެރިކާ ސަރުކާރުން އީލޮން މަސްކާ ހަވާލުކުރި މަސައްކަތްތައް އޭނާ އަދާކުރައްވަނީ އެހެން އެވެސް މީހަކަށް އަދާކުރެވެވޭ ވަރަށް ވުރެ ހަރުދަނާކޮށް ކަމަށް ވިދާޅުވެ -- އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް -- ޓެސްލާގެ ވެރިޔާ އީލޮން މަސްކަށް އަނެއްކާވެސް ވަރަށް ބޮޑަށް ތައުރީފްކުރައްވައިފި އެވެ.

ޓްރަމްޕް ވިދާޅުވި ގޮތުން މަސްކްގެ މަސައްކަތްތަކަށް ސަތޭކަ ހައްގެވެ. ނަމަވެސް، ތަންކޮޅެއް ބޮޑަށް ހަރުކަށިވާން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.

އީލޮން މަސްކް އަކީ ޓްރަމްޕް ސަރުކާރުގެ ބައިވެރި އެކެވެ. އޭނާއާ ހަވާލުކުރައްވާފައި ވަނީ ޑިޕާޓްމަންޓް އޮފް ގަވާންމަންޓް އެފިޝަންސީ (ޑޯޖް) އެވެ.

ޑޯޖުން ކުރާ ބައެއް މަސައްކަތްތަކުގެ ތެރޭގައި ސަރުކާރު ތެރޭގައި ހިންގާ ކޮރަޕްޝަންގެ މުއާމަލާތްތައް ދެނެގަތުމާއި، އިދާރާތައް ހިންގުމުގައި އެކަށީގެންވާ ވަރަށް ވުރެ ބޮޑަށް ހޭދަކުރުން މަނާކުރުން ހިމެނެ އެވެ.

ޓްރަމްގެ ސިޔާސަތުތަކާ ޚިލާފުވާ އިދާރާތަކާއި މީހުން ސައިޒުކުރެއްވުމާއި މަގާމުން ދުރުކުރުމަކީ ވެސް މަސްކަށް އޮތް ބާރެކެވެ.

ޓްރަމްޕް ވިދާޅުވި ގޮތުން މަސްކް ކުރައްވަނީ އެމެރިކާ ހަމަ މަގަށް އެޅުވުމަށް ކޮންމެހެން ކުރަން ޖެހޭ މަސައްކަތްތަކެވެ. އެމެރިކާ އަކީ ދުނިޔެ ބަލައިގަންނަ ގަމުކަމަށް އަލުން ހެދުމަށް ކުރަން ހުރި ހުރިހާ ކަމެއް އޮތީ މަސްކުގެ ޒިންމާތަކުގައި ކަމަށް ޓްރަމްޕް ވިދާޅުވި އެވެ.

ސަރުކާރު ތެރޭގައި މާބޮޑަށް ދޫދޭން ހަދައިފި ނަމަ މިހާރުވެސް ފޫވެއްޓިފައި އޮތް ހިންގުންތެރިކަން އަތުނުޖެހި ހިނގައިދާނެ ކަމަށް ޓްރަމްޕް ވިދާޅުވި އެވެ.

ޓްރަމްޕް ވިދާޅުވީ އެދެވިގެން ވަނީ އޭނާގެ ފަރާތުން ފާޑުވެރިކަން މަސްކް އުނގެނިވަޑައިގަތުން ކަމަށެވެ. އެމެރިކާ ސަރުކާރުގައި ސައިޒުކުރަން ޖެހިފައި އެތައް ބަޔަކު ތިބި ކަމަށްވެސް ޓްރަމްޕް ވިދާޅުވި އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910