ސްލިމް ފިޓިން

ޗާންދަލިޔާ ބެކް ޓް ސްކޫލް 2021

Jun 19, 2021

އެހެން އަހަރު ތަކެކޭ އެއްގޮތަށް މިއަހަރުވެސް އެންމެ ކޮލިޓީ މޮޅު ސްޓޭޝަނަރީސްއާއި ފޮތްލިސްޓަށް ބޭނުންވާ ހުރިހާ ސާމާނެއް ޗާންދަލިޔާ ބެކްޓު ސްކޫލް 2021 އިން ލިބެން ހުންނާނެ ކަމަށް އެކުންފުނިން ބުނެފި އެވެ.

ސުކޫލު ކުދިންނަށް ބޭނުންވާ ސާމާނު ފޯރުކޮށްދިނުމުގައި 25 އަހަރުގެ ތަޖުރިބާ އޮތް ޗާންދަލިޔާ ކުންފުނިން ބުނީ ބުކް ޝޮޕުން ދޫކުރާ ސާމާނަކީ އާންމުންގެ މެދުގައި މަގުބޫލުކަން ހޯދާފައިވާ ބްރޭންޑްތަކެއް ކަމަށެވެ.

އެގޮތުން ކެމްޕަޕް ބްރޭންޑްގެ މޮނީޓަރު ފޮތާއި، ސްޕައިރަލް ބައިންޑިން ކުރަހާފޮތާއި، ފެބަކާސްލް ބްރޭންޑްގެ މެޓަލް ކުލަފޮށި، ޑޮމްސް ބްރޭންޑްގެ ފަންސުރު އަދި އޮރިޖިނަލް ކެސިއޯ ކަލްކިއުލޭޓަރަކީ ދިވެހިންގެ ތެރޭގައި މަގުބޫލު އަދި އިތުބާރު ހޯދާފައިވާ ސްޓޭޝަނަރީސް ކަމަށް އެކުންފުނިން ފާހަގަކުރެ އެވެ.

އަދި މެޕްޑް ބްރޭންޑްގެ ފަރުގާލުފޮށި، ޔަންގް އާޓީސްޓް ބްރޭންޑްގެ ކްރެޔޯންސް އަދި އޮއިލް ޕޭސްޓް ހިމެނެ އެވެ. މީގެ އިތުރުން މާސްޓާ އާޓިސްޓް ބްރޭންޑްގެ ޕެއިންޓް ބްރަޝް، ފަންސުރު ކުލަ އަދި ޕޭސްޓެލް، އާޓްލައިން ބްރޭންޑްގެ ގްލޫ ސްޓިކް، ނިކީ ބްރޭންޑްގެ ކްލޭ ހިމެނެ އެވެ. މީގެއިތުރުން ޔޫރަޕްގެ މަޝްހޫރު ފާތިހް ބްރޭންޑުގެ ހުރިހާ ސާމާނެއްވެސް މިފަހަރު ޗާންދަލިޔާއިން ލިބެންހުންނާނެއެވެ.

މިއީ ހައްތަހާވެސް ސުކޫލު ކުދިން އެންމެ ގަޔާވާ ބްރޭންޑްތަކުގެ ސްޓޭޝަނަރީސް ކަމުގައި އެ ކުންފުނިން ވަނީ ފާހަގަކޮށްފަ އެވެ.

"ޗާންދަލިޔާ އަކީ ފެށުނީއްސުރެ ކޮލިޓީ ޕްރޮޑަކްޓް ފޯރުކޮށްދެމުން އަންނަ ކުންފުންޏެއް. އަޅުގަނޑުމެންގެ ހިސްޓްރީ ވަރަށް ރަގަޅުވާނެ. މިފަހަރު ވެސް ވައުޗަރުތަކަށް އަޅުގަނޑުމެން ދޫކުރާނީ އެންމެ ކޮލިޓީ އެންމެ ފެންވަރު ރަގަޅު ސާމާނު" އެ ކުންފުނިން ބުންޏެވެ.

ޗާންދަލިޔާއިން ފޮތްލިސްޓުގެ ތަކެތި ގޭގެއަށް އަދި ބޯޓުތަކަށް ވެސް ޑެލިވަރީކޮށްދެ އެވެ. އެ ހިދުމަތް ފޯރުކޮށްދެނީ ހިލޭ އެވެ.